ENGLISH
18 މާރިޗު 2026
މަގުމަތީން އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި
18 މާރިޗު 2026
|
ފުލުހުންގެ މައި މަރުކަޒު
އެންމެ މަޤްބޫލު
މަގުމަތީން އަންހެނެއްގެ އަތުން ފޭރުނު މީހަކު ހައްޔަރު ކޮށްފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ މިރިޔާސް މަގުން ހިނގާފައިދިޔަ އުމުރުން 66 އަހަރުގެ ދިވެހި އަންހެނެއްގެ އަތުން ފޭރުނު މީހަކު ހިފަހައްޓާފައިވާ ކަމަށެވެ. އެކަމުގެ މައުލޫމާތު ލިބުނީ މިރޭ 8:30 ހާއިރު ކަމަށް ވެސް ބުންޏެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން ދިވެހި ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. މި މައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގު ކުރަމުން ކަމަށް ވެސް ބުންޏެވެ.