ENGLISH
18 މާރިޗު 2026
ނަރުދޫ ބަނދަރު ހެދުމުގެ 61 އިންސައްތަ މަސައްކަތް ނިމިއްޖެ
18 މާރިޗު 2026
|
ނަރުދޫ ބަނދަރު ހެދުމުގެ މަސައްކަތުގެ އަދާހަމަ
އެންމެ މަޤްބޫލު
ށ. ނަރުދޫ ބަނދަރު ހެދުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންގޮސް، މި މަސައްކަތުގެ 61 އިންސައްތަ ނިންމާލެވިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން (އެމްޓީސީސީ) އިން ބުނެފިއެވެ.
ނަރުދޫގެ ބަނދަރު ހެދުމުގެ މަސައްކަތަކީ 2022 ވަނަ އަހަރު އޭރުގެ ސަރުކާރުން އެމްޓީސީސީ އާ ހަވާލުކޮށްފައިވާ މަޝްރޫއެކެވެ.
އެހެންނަމަވެސް އެމަސައްކަތް ނުނިމި ދިގުލައިގެން ދިއުން ނިމުމަކަށް ގެނައުމަށް، ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން މިހާރު، މަޝްރޫގެ 61 އިންސައްތަ ނިންމާލެވިފައިވާކަމަށް އެމްޓީސީސީ ވަނީ ބުނެފައެވެ.
މި މަޝްރޫޢުގެ ޓީމު މޮބިލައިޒް ކޮށްފައިވަނީ 1 މާރޗް 2023 ގައެވެ. މަޝްރޫޢުގެ ދާއިރާގައި ހިމެނެނީ، 55،332 ސީބީއެމްގެ ބިން ހިއްކައި ކޮނެ، 399 މީޓަރުގެ ބްރޭކްވޯޓަރ، 205 މީޓަރުގެ ރިވެޓްމަންޓް، 210 މީޓަރުގެ ކުއީ ވޯލް، 955 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް އަދި ނޭވިގޭޝަނަލް އަދި ހާބަރ ލައިޓް އިންސްޓޯލް ކުރުމެވެ.
މި މަޝްރޫގެ ތެރެއިން ކުރެވިފައިވާ މަސައްކަތްތަކުގެ ތެރޭގައި، 55،332 ސީބީއެމްގެ ބިން ހިއްކައި ކޮނެ، 205 މީޓަރުގެ ރިވެޓްމަންޓް ޖެހުން، 210 މީޓަރުގެ ކުއީ ވޯލް، 955 އަކަމީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުން އަދި ނޭވިގޭޝަނަލް އަދި ހާބަރ ލައިޓް އިންސްޓޯލް ކުރުން ހިމެނެއެވެ.
މި މަސައްކަތުގެ ތެރެއިން މިހާރު ކުރިއަށް ދަނީ ހިލަ ޖެހުމުގެ މަސައްކަތެވެ.
ނަރުދޫ ބަނދަރެކޭ އެއްގޮތަށް ތަރައްޤީގެ މިފަދަ ގިނަ މަޝްރޫޢުތަކެއް ރަށްރަށުގައި ދަނީ ހިންގަމުންނެވެ.