ENGLISH
18 މާރިޗު 2026
ޢީދު ނަމާދުގެ ބޮޑު ޖަމާޢަތުގެ ޚަތީބުން, ދެ ޒުވާނަކާއި ތަޖުރިބާކާރު ދެ ޚަތީބުން
18 މާރިޗު 2026
|
ބޮޑު ޖަމާޢަތުގެ ޚަތީބުން --
އެންމެ މަޤްބޫލު
މާލެސިޓީގައި ބޮޑު ޖަމާޢަތުގައި ފިޠުރު ޢީދު ނަމާދު ކުރުން ހަތަރު ސަރަޙައްދެއްގައި ކުރިއަށް ގެންދާއިރު އެ ޖަމާޢަތްތަކުގައި ޢީދު ނަމާދު ކުރައްވާ ޚަތީބުންގެ މައުލޫމާތު އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ހާމަކޮށްފި އެވެ.
ސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނި ގޮތުގައި މި އަހަރު ވެސް މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކުރުން އޮންނާނެ އެވެ. އަދި ވިލިމާލެ ބޯޅަދަނޑުގައި ވެސް ބޮޑު ޖަމާޢަތް އޮންނާނެ އެވެ.
ހުޅުމާލޭގައި ބޮޑު ޖަމާޢަތް އޮންނާނީ ފޭސް އެކެއްގައި ސިންތަޓިކް ޓްރެކް ގަ އެވެ. ފޭސް ދޭއްގައި މަސްޖިދު ޙަސަން އާދަމްއާ ނިރޮޅުމަގާއި ހީނާހިނގުމާއި ފޭރުގަސްމަގާ ދުބުރިގަސް މަގާއި އެއް އިންކޮށް އޮންނަ ހުސްބިމުގަ އެވެ.
މާފަންނު ސްޓޭޑިއަމްގައި ބޮޑު ޖަމާޢަތުގެ ޚަތީބަކީ ޒުވާން ޚަތީބު އަލްޙާފިޘް އަބްދުالله ބިން އިމްޖާދެވެ. ވިލިމާލެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ ވެސް ޒުވާން ޚަތީބެއް ކަމުގައިވާ އަފްލާޙް އިސްމާއީލް ރަޝީދެވެ.
ހުޅުމާލޭ ފޭސް އެކެއްގައި އޮންނަ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް އަހްމަދު މައުމޫނެވެ. ފޭސް ދޭއްގެ ބޮޑު ޖަމާޢަތުގެ ޚަތީބަކީ އައްޝައިޚް އަބްދުالله ސަޢުދާނެވެ.
މީގެ އިތުރުން އިސްލާމީ މަރުކަޒާއި ސަލްމާން މިސްކިތް ހިމެނޭހެން މާލޭގެ 17 މިސްކިތެއްގައި ޢީދު ނަމާދު ކުރާނެ އެވެ. ވިލިމާލޭގައި މަސްޖިދުއްސަލާމް ގައި ވެސް ޢީދު ނަމާދު ކުރާނެ އެވެ.
ހުޅުމާލެ ފޭސް އެކެއްގައި މަސްޖިދުއްޝަހީމް ޤާސިމް ބިން މުޙައްމަދު އާލް ޘާނީ އާއި މަސްޖިދު ރަޝީދު އާއި މަސްޖިދު ޢަޒީޒާ މޫސާ އާއި މަސްޖިދު އަޞްދިޤާ އާއި މަސްޖިދުލްވާލިދައިނި ގައި ޢީދު ނަމާދު ކުރާނެ އެވެ. ފޭސް ދޭއްގައި މަސްޖިދުލް ޢީމާން އާއި މަސްޖިދު ޢުޘްމާން ބިން ޢައްފާން ގައި ޢީދު ނަމާދު ކުރުން އޮންނާނެ އެވެ.
ޢީދު ނަމާދު ކުރާ ވަގުތު އަވަސްކޮށް މިހާރު ޢީދުގެ ނަމާދު ކުރަން ފަށަނީ ހެނދުނު 7:00 ގަ އެވެ.
ކަލަންޑަރުގައިވާ ގޮތުން މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ އަންނަ ހުކުރު ދުވަހެވެ. ޝައްވާލު މަހުގެ ހަނދާއި ބެހޭ ނިންމުން ނިންމާނީ މިރެ އެވެ.