ENGLISH
18 މާރިޗު 2026
ހައިިވޭ ފެންސްގައި ޖެހި ޕިކަޕެއް ފުރޮޅާލައިފި, ދެ މީހަކަށް އަނިޔާވި
18 މާރިޗު 2026
|
ޕިކަޕު ފުރޮޅާލާފައި
އެންމެ މަޤްބޫލު
ހައިިވޭ ފެންސްގައި ޖެހި ޕިކަޕެއް ފުރޮޅާލައިފި އެެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ ހުޅުމާލެއިން އެއާޕޯޓަށް ހައިވޭގައި ދަތުރު ކުރި އުޅަނދެއް މަގުގެ އެއްފަރާތުގައި ހުންނަ ފެންސްގައި ޖެހި އެކްސިޑެންޓް ވެގެން ފުލުހުން ހަރަކާތްތެރިވެފައިވާ ކަމަށެވެ.
އެކްސިޑެންޓްވެ ޕިކަޕު ވަނީ ފޮރޮޅާލާފަ އެވެ.
ފުލުހުން ބުނީ މި އެކްސިޑެންޓްގައި އުޅަނދުގައި ތިބި ދެ މީހަކަށް އަނިޔާ ވެގެން ފަރުވާ ދިނުމަށް ހޮސްޕިޓަލަށް ވަނީ ގެންގޮސްފަ އެވެ. އެ މީހުންނަށް ލިބުނު އަނިޔާތަކާއި ގުޅޭ ތަފްސީލެއް ނުލިބެ އެވެ.