ENGLISH

18 މާރިޗު 2026

Advertisement

ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް އަދިވެސް އޮންލައިންކޮށް ޒަކާތްދެއްކޭނެ

18 މާރިޗު 2026

|

އައިމިނަތު ޝަފާ

ފިތުރު ޒަކާތް ބަލައިގަތުމުގެ މަސައްކަތް ކުރަނީ. ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް އަދިވެސް ޒަކާތް ދެއްކޭނެ. ފޮޓޯ؛ އިސްލާމިކް މިނިސްޓްރީ

ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށް އަދިވެސް ޒަކާތް ބަލައިގަންނަމުން އަންނަކަން ފާހަގަކޮށް ފިތުރު ޒަކާތް ނުދައްކާ މީހުން ވީހާވެސް އަވަހަށް ޒަކާތް ދެއްކުމަށް ޒަކާތު ހައުސްއިން ހަނދާން ކޮށްދީފި އެވެ. 

މިހާރު ޒަކާތުގެ ފައިސާ އޮންލައިންކޮށް ދެއްކޭނީ ހަމައެކަނި ބަނޑޭރި ޕޭ އަދި ފަހި ޕޭ މެދުވެރިކޮށެވެ.

އަދި ރޯދަ މަހުގެ އެންމެ ފަހު ދުވަހުގެ އިރުއޮއްސި 18:00 ގެ ނިޔަލަށް މި ދެ ޕޯޓަލް މެދުވެރިކޮށް ޒަކާތް ދެއްކޭނެ ކަމަށް ޒަކާތު ހައުސްއިން ވަނީ ބުނެފަ އެވެ.

މި ރަމަޟާން މަހުގެ ފުރަތަމަ 15 ގައި ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު މިންވަރު، ވޭތުވެދިޔަ އަހަރާއި ބަލާއިރު ވަނީ އިތުރުވެފަ އެވެ. 

އެގޮތުން މި ރަމަޟާން މަހުގެ ފުރަތަމަ 15 ގައި، ފިތުރު ޒަކާތުގެ ގޮތުގައި 5،482،171ރ. ވަނީ ލިބިފަ އެވެ.

މިއީ ވޭތުވެދިޔަ ތިން އަހަރާއި ބަލާއި މި މުއްދަތުގައި ފިތުރު ޒަކާތުން ލިބުނު މިންވަރަށްވުރެ އިތުރު އަދަދެކެވެ. މިދިޔަ އަހަރު މި މުއްދަތުގައި ލިބިފައިވަނީ 4،460.199ރ އެވެ.

އެހެންއަހަރުތަކޭ އެއްގޮތަށް ފިތުރު ޒަކާތް ދެއްކޭނެ ފަސޭހަ ގޮތްތަކެއް މިއަހަރު ވެސް ވަނީ ގާއިމުކޮށްދީފަ އެވެ. 

ކިޔުންތެރިންގެ ހިޔާލު