ENGLISH

18 މާރިޗު 2026

Advertisement

ނިލަންދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަނީ

18 މާރިޗު 2026

|

އައިމިނަތު ޝަފާ

ފ.ނިލަންދޫ

ފ. ނިލަންދޫގައި ހިނގި ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.

ފުލުހުން ބުނީ މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ އިއްޔެ ހަވީރުގެ ވަގުތެއްގައިކަމަށެވެ.

ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް އިއްޔެ ހަވީރު ރިޕޯޓްކޮށްފައިވާ ނަމަވެސް މި ހާދިސާއާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. 

މައްސަލަ އިތުރަށް ތަހުގީގުކުރަމުންދާކަމަށް ބުނުން ފިޔަވައި މި މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެ އެވެ.

ކިޔުންތެރިންގެ ހިޔާލު