ENGLISH

18 މާރިޗު 2026

Advertisement

ގަލޮޅުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން ސިފައިން ހަރަކާތްތެރިވަނީ

18 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ގަލޮޅުގައި ހުރި ގުދަނެއްގައި އަލިފާން ރޯވެ އަނދަނީ

ގަލޮޅުގައި ހުރި ގުދަނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގުމާ ގުޅިގެން އެ ސަރަހައްދުގައި ދިވެހި ސިފައިން ހަރަކާތްތެރިވާން ފަށައިފިއެވެ. 

ގައުމީ ދިފާއީ ބާރުން މައުލޫމާތު ދިން ގޮތުގައި އަލިފާން ރޯވެފައިވަނީ ގަލޮޅު މޯޗަރީ ކައިރީ ހުންނަ ގުދަނެއްގައެވެ. އަލިފާން ރޯވި ސަބަަބު މިހާތަނަށް އެމްއެންޑީއެފްއިން ހާމަނުކުރެއެވެ. 

އެ ގުދަނުގައި ރޯވުމާ ގުޅިގެން އެމްއެންޑީއެފްގެ ފަތާ އެންޑް ރެކިއު ސާވިސްއިން އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތް ކުރަމުންދާކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. 

މީސްމީޑިޔާގައި ދައުރުވަމުންދާ ވީޑިޔޯއާއި ފޮޓޯއިން ފެންނަ ގޮތުގައި އެ ގުދަނުގައި ރޯވުމުގެ ސަބަބުން ވަރަށް ބޮޑަށް ދުން އަރަމުންދެއެވެ. 

ކިޔުންތެރިންގެ ހިޔާލު