ENGLISH
17 މާރިޗު 2026
ގެއެއްގައި އަލިފާން ރޯވެ ކޮޓަރިއެއް އެކަށް އަނދައިފި
17 މާރިޗު 2026
|
އަލިފާނުގެ ހާދިސާގައި ކޮޓަރި އެކަށް އަނދާފައި
އެންމެ މަޤްބޫލު
ގެއެއްގައި އަލިފާން ރޯވެ ކޮޓަރިއެއް އެކަށް އަނދައިފި އެވެ.
އަލިފާން ރޯވީ ހުޅުމާލެ ލޮޓްނަންބަރު 11395 އެޕާޓްމަންޓްގަ އެވެ.
ނެޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެމްޑީއެމްއޭ) އިން ބުނި ގޮތުގައި އަލިފާނުން ލިބުނު ގެއްލުމުގެ ސަބަބުން އެ ގޭގެ އެއް ކޮޓަރި ވަނީ އަނދާފައެވެ.
ކޮޓަރި އަނދާހުލުވީ އެތަނުގައި ހުރި ގިނަ އަދަދެއްގެ ސާމާނާ އެކު އެވެ.
މީގެ އިތުރުން އެ ގޭގެ ދެން ހުރިކޮޓަރިއާއި ސިޓިން ރޫމްއަށް ވެސް ކަޅުދުމާއި އަލިފާނުގެ އަސަރު ކޮންމެވެސް ވަރަކަށް ކޮށްފައިވާ ކަމަށް އެމްޑީއެމްއޭ އިން ބުންޏެވެ.
މި ހާދިސާއާ ގުޅިގެން އެ އޮތޯރިޓީގެ ފަރާތުން އެގޭގައި ދިރިއުޅެމުން ދިޔަ ހަތް މީހަކަށް ފަސް ދުވަހަށް ވަގުތީ ބޯހިޔާވަހިކަމާ، ކެއިން ބުއިމާ އަދި އަންނައުނު ހަމަޖައްސާދީފައިވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަލިފާނުގެ ހާދިސާ ހިނގީ މިއަދު ހަވީރު އެވެ. އަލިފާން ރޯވަން ދިމާވި ސަބަބެއް އަދި ސާފެއް ނުވެ އެވެ.