ENGLISH

17 މާރިޗު 2026

Advertisement

ދޮރުން ދޮރަށް ހަރަކާތުގެ ދެވަނަ ބުރު: ރައީސް މިއަދު ވަޑައިގެންނެވީ މައްޗަންގޮޅީ އުުތުރު ދާއިރާއަށް

17 މާރިޗު 2026

|

އަޙުމަދު ޙަމީދު

މިއަދުގެ ދޮރުން ދޮރަށް ހަރަކާތް --

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބު އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަށް ތައްޔާރުވުމުގެ ގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކެންޑިޑޭޓުންނާއެކު ކުރިއަށްގެންދަވާ ދޮރުން ދޮރަށް ހަރަކާތުގެ ދެ ވަނަ ބުރުގައި މިއަދު މާލެ ސިޓީގެ މައްޗަންގޮޅީ އުުތުރު ދާއިރާއަށް ވަޑައިގެންފި އެވެ. 

ރައީސުލްޖުމްހޫރިއްޔާ، ދޮރުން ދޮރަށް ހަރަކާތްތައް ފެއްޓެވީ މިދިޔަ ފެބްރުވަރީ މަހުގެ 19 ވަނަ ދުވަހު އެވެ. އޭގެފަހުން މާލެ ސަރަޙައްދުގެ ހުރިހާ ދާއިރާއެއްގެ ދޮރުން ދޮރަށް ހަރަކާތުގައި އެމަނިކުފާނު ބައިވެރިވެވަޑައިގެންނެވި އެވެ. އެއީ މާލޭގެ އިތުރުން ވިލިމާލެ އަދި ހުޅުމާލޭގެ ދާއިރާތައް ވެސް ހިމެނޭހެންނެވެ. 

މިއަދުގެ ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މައްޗަންގޮޅީ އުުތުރު ދާއިރާގެ ވަރަށް ގިނަ ގޭބީސީތަކަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި މި ދާއިރާގައި ހިމެނޭ ކުރީގެ އަރަބިއްޔާ ހުރި ބިމުގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގައި ދިރިއުޅޭ ރައްޔިތުންގެ އެޕާޓްމަންޓްތަކަށް ވެސް ޒިޔާރަތް ކުރެއްވި އެެވެ.

މީގެ އިތުރުން މަގުމަތީން ބައްދަލްވީ އެތައް ބަޔަކާއި ސަލާމް ކުރެއްވި އެވެ. ބައެއް ރައްޔިތުންގެ ޝަކުވާތަކާއި ކަންބޮޑުވުންތައް ވެސް އަޑުއެއްސެވި އެވެ.

ދޮރުން ދޮރަށް ހަކަރާތުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި މާލޭ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސާކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުދާން ބައިވެރިވަޑައިގެންފައިވެއެވެ. އަދި، ވަޒީރުންނާއި ޕާޓީގެ ލީޑަރޝިޕްގެ އިސް ބޭފުޅުންގެ އިތުރުން ޕާޓީގެ މެންބަރުން ބައިވެރިވެފައިވެއެވެ. 

ތިން ވޯޓެއް ހިމެނޭ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު އެވެ. 

ކިޔުންތެރިންގެ ހިޔާލު