ENGLISH

17 މާރިޗު 2026

Advertisement

ޖަލީލަށް މުއައްސަސާތައް ހިންގަންޖެހޭ ގޮތް އެނގިވަޑައިގަންނަވާނެ، ކައުންސިލުގެ ހިންގުން ހަރުދަނާކުރައްވާނެ: އިބްރާހީމް

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު

މާލެ ސިޓީގެ މޭޔަރުކަމަށް ސަރުކާރު ހިންގާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސްގެ ފަރާތުން ވާދަކުރައްވާ މޫސާ އަލީ ޖަލީލަކީ މުއައްސަސާތައް ހިންގަންޖެހޭ ގޮތް އެނގިވަޑައިގަންނަވާ ބޭފުޅެއްކަމަށާއި، އޭނާގެ މޭޔަރުކަމުގައި މާލޭ ސިޓީ ކައުންސިލުގެ ހިންގުން ހަރުދަނާކުރައްވާނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށް މައްޗަންގޮޅީ އުތުރު ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އިބްރާހީމް މުހައްމަދު ވިދާޅުވެއްޖެއެވެ. 

ކޮންގްރެސް ޕާޓީން ކުރިއަށްގެންދިޔަ މައްޗަންގޮޅީ އުތުރު ދާއިރާގެ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި މެންބަރު އިބްރާހީމް ވިދާޅުވީ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމުގެ އެންމެ މުހިއްމު އަސާސީ ޒިންމާ އަދާކުރާނީ ސަރުކާރުން ކަމަށާއި، އެހިދުމަތްތައް ރައްޔިތުންނާ ހަމައަށް އެ ރައްޔިތުން ބޭނުންވާ ގޮތަށް ލިބޭކަން ކަށަވަރުކުރުމުގައި އެންމެ މުހިއްމީ ކައުންސިލުތައް ކަމަށެވެ. 

ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާ ގޮތަށް ސިޓީތަކުގައި ރައްޔިތުންނަށް ހިދުމަތް ފޯރުކޮށްދިނުމުގެ ބޮޑު ޒިންމާއެއް އަދާކުރައްވަންޖެހެނީ އެ ސިޓީތަކުގެ މޭޔަރުންކަން ފާހަގަކުރައްވަމުން މެންބަރު ވިދާޅުވީ މޭޔަރު ވެވަޑައިގަންނަވަންޖެހޭނީ އަހުލާގު ރަނގަޅު، ހަރުދަނާ ޑިސިޕްލިން ހުރި އިހުލާސްތެރިކަމާއެކު ރައްޔުތުންނަށް ހިދުމަތް ކުރައްވާފައިވާ ބޭފުޅަކަށް ވާންޖެހޭ ކަމަށެވެ. 

މާލެ ސިޓީގެ މޭޔަަރުކަމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލާއި މައްޗަންގޮޅީ އުތުރު ދާއިރާގެ މެންބަރުކަމަށް ވާދަކުރައްވާ މުހައްމަދު އަދީމަކީ ގައުމީ ހިދުމަތުގައި ގިނަ ދުވަސްތައް ހޭދަކުރައްވައި، ބޮޑެތި މުއައްސަސާތަކުގެ ވެރިންގެ ފެންވަރުގައި މަސައްކަތްކުރައްވައި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި ބޭފުޅުންކަމަށް މެންބަރު ވިދާޅުވިއެވެ. 

"އެހެންވީމާ އޯގަނައިޒޭޝަނަލް ބިހޭވިއާ ނުވަތަ މުއައްސަސާތައް ހިންގަންޖެހޭ ގޮތުގެ ތަފުސީލު އެނގިވަޑައިގަންނަވާނެ. ތަރުތީބު އެނގިވަޑައިގަންނަވާނެ، އެކަންކަން ކުރައްވަންވީ ވައްޓަފާޅި އެނގިވަޑައިގަންނަވާނެ. ހަތަރު ދައުރު އެމްޑީޕީގެ މޭޔަރުންނަށް ދީގެން ކޮން ކަމެއްތޯ ހާސިލުކުރެވުނީ؟،" އިބްރާހީމް ވިދާޅުވިއެވެ. 

މެންބަރު ވިދާޅުވީ ރައީސް ޑރ.މުއިއްޒު މާލެ ސިޓީގެ މޭޔަރުކަމުގައި ހުންނެވި މުއްދަތުގައި ރައްޔިތުންނަަށް ބޭނުންވާ ގިނަ ހިދުމަތްތަކެއް ފޯރުކޮށްދެއްވުމުގެ މަސައްކަތް ހަލުއި ދުވެލީގައި ކުރިއަށްގެންދެވި ކަމަށާއި، އެމަނިކުފާނު މަސައްކަތް ކުރެއްވި ދުވެލީގައި އަލުން މާލެ ސިޓީ ކައުންސިލުގެ މަސައްކަތް ކުރެއްވޭނީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓުން ސިޓީ ކައުންސިލަށް އިންތިހާބުވެގެން ކަމަށެވެ.މ

ކިޔުންތެރިންގެ ހިޔާލު