ENGLISH

17 މާރިޗު 2026

Advertisement

މި ދަނޑިވަޅުވެސް ބައެއް ކައުންސިލުތަކުން މަސައްކަތްކުރަނީ ސަރުކާރު ބަދުނާމުކުރުމަށް: ނިމާލު

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

އެލްޖީއޭގެ ސީއީއޯ އަހްމަދު ނިމާލު

ލޯކަލް ކައުންސިލު އިންތިހާބު ވަރަށް ބޮޑަށް ކުޑަތަންވެފައިވަނިކޮށް ސަރުކާރު ބަދުނާމުކުރުމުގެ ބޭނުމުގައި ބައެއް ކައުންސިލުތަކުން މަސައްކަތްކުރަމުންދާކަމަށް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޗީފް އެގްޒެކެޓިވް އޮފިސަރ އަހްމަދު ނިމާލު ވިދާޅުވެއްޖެއެވެ. 

 މާލެ ސިޓީގެ މައްޗަންގޮޅީ އުުތުރު ދާއިރާގެ މަގާމުތަކަށް ކޮންގްރެސް ޕާޓީން ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް، ދެވަނަ ފަހަރަށް އެ ދާއިރާގެ ދޮރުން ދޮރަށް ހަރަަކާތުގައި މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އެ ދާއިރާއަށް ކުރެއްވި ޒިޔާރަތުގައި، އެމަނިކުފާނުގެ އަރިހުގައި ބައިވެރިވެވަޑައިގެން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ނިމާލު ވިދާޅުވީ މިހާރުވެސް ބައެއް ކައުންސިލުތަކުން ގަސްތުގައި ގާނޫނާ ހިލާފު ބައެެއް ކަންކަން ހިންގަމުންދާ ކަމަށެވެ. 

ނިމާލު ވިދާޅުވި ގޮތުގައި ކައުންސިލުތަކުން ގާނޫނާ ހިލާފަށް އަމަލުކުރުމުގެ ބޭނުމަކީ އެކަންކަމާ ގުޅިގެން ގާނޫނީ ގޮތުން އެލްޖީއޭއިން އަދި ސަރުކާރުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުން އެލްޖީއޭއާއި ސަރުކާރުން ރައްޔިތުންގެ ތަރައްގީއާއި ކުރިއެރުމަށް ކައުންސިލުތަކުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސްއަޅާކަމަށް ދެއްކުމެވެ. 

"ބޭނުންވަނީ އަޅުގަނޑުމެން ގާނޫނާ އެއްގޮތަށް ކަންތައްތަކެއް ކުރީމާ އެއީ ރައްޔިތުންގެ ތަރައްގީއަށް ހުއްޓުވުން އެރުވުމުގެ މަގުސަދުގައި ކުރާ ކަމެއްގެ ގޮތުގައި ދެއްކުން. މަޝްރޫއެއް ހިންގަން ބަޖެޓު ނެތްކަމަށް ކިޔަކިޔާފައި ކުއްލިއަކަށް ބޮޑެތި މަޝްރޫއުތަކަށް އިއުލާނުކުރަނީ. ދެން އަޅުގަނޑުމެން މިއަހަނީ ކިހިނެއްހޭ ތި މަޝްރޫއަށް ފައިސާ ހޯދީ، ކުރިން ބަޖެޓެއް ނެތެއް ނޫންހޭ. އަޅުގަނޑުމެން މިކަހަލަ ވާހަކަައެއް ބުނެފައި ސިޓީއެއް ފޮނުވީމާ ރައްޔިތުންނަށް މިދަައްކަނީ މިއޮތީ އެލްޖީއޭއިން ފޮނުވި ސިޓީއެކޭ، ކިހިނެއްހޭ ކަންކަން ކުރާނީ،" ނިމާލު ވިދާޅުވިއެވެ. 

ނިމާލު އިތުރަށް އުފެއްދެވި ސުވާލަކީ ކައުންސިލެއްގެ ދައުރުގައި ހަތަރު އަހަރެއްހައި ދުވަސް ފާއިތުވިއިރު ނުކުރައްވައި ހުރި ބޮޑެތި ކަންތައްތަކެއް ލޯކަލް ކައުންސިލުތަކުގެ އިންތިހާބަށް މަހަކަށްވުމުން އިއުލާނުކުރަންޖެހޭ ސަބަބަކީ ކޮބައިތޯއެވެ. އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި ބައެއް ކައުންސިލުތަކުން މިފަދައިން އަމަލުކުރަނީ ދަރަނި އުފައްދައި އެ ދަރަނީގެ ތާށިކަމުގައި އަލަަށް އިންތިހާބުވާ ކައުންސިލުތައް ބަންދުކުރުމުގެ ބޭނުމުގައެވެ. 

ކިޔުންތެރިންގެ ހިޔާލު