ENGLISH

17 މާރިޗު 2026

Advertisement

މާލެއަށް އިތުރު ހިތްގައިމުކަމެއް؛ ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ތަރައްގީކުރަނީ

17 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ތަޅާލާފައިވާ ޣާޒީ ބިލްޑިން

ކުރީގެ ޣާޒީ ބިލްޑިން ހުރި އިމާރާތުގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)އާ ހަވާލުކޮށްފިއެވެ. 

އިއްޔެ މީސްމީޑިޔާ މަންސަތަކުގައި ޝާއިއުކުރެއްވި ޕޯސްޓުގައި އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ.އަބްދުﷲ މުއްތަލިބު ވިދާޅުވީ މާލޭގެ މަލަމަތި ރީތިކުރުމާއެކު، ތޮއްޖެހިފައިވާ މާލޭގެ ހިތްފަސޭހަކަން އިތުރުކޮށް، ހިތްގައިމު ޖާގަތައް ތަރައްގީކުރުމަށް ސަރުކާރުން މަސައްކަތްކުރަމުންދާ ކަމަށެވެ. 

އެ މަސައްކަތުގެ ތެރެއިން މާލޭގައި ޕާކުތަކާއި މައިޒާންތައް ތަރައްގީކުރުމަށް ފަށަމުންދާ މަޝްރޫއުތަކުގެ ތެރެއިން ޣާޒީ ބިލްޑިން ހުރި ބިމުގައި ޕާކެއް ތަރައްގީކުރުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. 

ވަޒީރުވަނީ އެ ޕޯސްޓާއެކު އެ މަސައްކަތް ކުރުމަށް ރާވާފައިވާ ގޮތުގެ ކުރެހުމެއް ހިއްސާކުރައްވާފަައެވެ. އެގޮތުން ގިނަ އަދަދެއްގެ ގަހާއެކު އިށީނދެ އުޅެވޭ ގޮތަށް ފަރުމާކޮށްފައިވާ ޕާކުވާނީ މާލޭގެ މަލަމައްޗަށް އިތުރުކުރެވޭ ހިތްގައިމު ތަނަކަށެވެ. 

ވަރަށް ބޮޑަށް ބާވުމުގެ ސަބަބުން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ތަޅައިލި ޣާޒީ ބިލްޑިން ހުރި ބިމުގައި މިހާރު ތަރައްގީކޮށްފައިވަނީ ޕާކިން ޒޯނެކެވެ. 

ކިޔުންތެރިންގެ ހިޔާލު