ENGLISH
17 މާރިޗު 2026
ބައްސާމް ވަގުތީ ގޮތުން ޖަލު ބަންދުން ގެ ބަންދަށް
17 މާރިޗު 2026
|
ބައްސާމް އަދީލް ޖަލީލް -- ފޮޓޯ: މިހާރު
އެންމެ މަޤްބޫލު
ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލް ޖަލު ބަންދުން ގެ ބަންދަށް ބަދަލުކޮށްފި އެވެ.
މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން މިރޭ ބުނީ ސިއްޙީ ޙާލަތު ހުރި ގޮތުން ބައްސާމް ގެ ބަންދަށް ބަދަލުކޮށްފައިވާ ކަމަށެވެ. އޭނާ ގެ ބަންދަށް ބަދަލުކުރީ ވަގުތީ ގޮތުން ކަމަށް ވެސް ބުންޏެވެ.
ބައްސާމް ގެ ބަންދަށް ބަދަލުކުރީ މިއަދު އެވެ.
ފީފާ އިން އެފްއޭއެމްގެ ބޭނުންތަކަށް ފޮނުވި ފައިސާތަކަށް ޚިޔާނާތްތެރިވުމުގެ ކުށުން ކުށްވެރިވެ ބައްސާމްގެ މައްޗަށް ދިގު މުއްދަތުގެ ޖަލު ހުކުމެއް ވަނީ އިއްވާފަ އެވެ. އޭނާގެ މައްޗަށް ޖުމްލަ 32 އަހަރުގެ ޖަލު ހުކުމް ވަނީ އިއްވާފަ އެވެ. އޭރުން ފެށިގެން އޭނާ ހުރީ ޖަލު ބަންދުގަ އެވެ.