ENGLISH
17 މާރިޗު 2026
ރ. މީދޫގައި އިމާރާތްކުރާ ހޮސްޕިޓަލްގެ އަމަލީ މަސައްކަތް ފަށައިފި
16 މާރިޗު 2026
|
ރ. މިދޫ ހޮސްޕިޓަލް އިމާރުކުރުމުގެ މަޝްރޫޢު ފެށުން. --ފޮޓޯ: އާރްޑީސީ
އެންމެ މަޤްބޫލު
ރ. މީދޫ ހޮސްޕިޓަލް އިމާރާތް ކުރުމުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މީދޫގައި މިއަދު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި މި މަޝްރޫޢުގެ އަމަލީ މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ހެލްތް އަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި މަޑުއްވަރީ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަޙްމަދު ޒާހިރު އާއި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ނަޡީމް ވެސް ބައިވެރިވެވަޑައިގަތެވެ.
މީދޫގެ ހޮސްޕިޓަލް އިމާރާތްކުރުމުގެ މަސައްކަތަކީ ނިމިދިޔަ ސަރުކާރުން އެކި ފަހަރުމަތިން ފަށާނެކަމަށް ބުނެފައިވާ މަސައްކަތެކެވެ. ނަމަވެސް، އެކި އަހަރުމަތިން ބަޖެޓު ކުރިނަމަވެސް އެ މަސައްކަތް ފަށާފައެއް ނުވެއެވެ. މި މަޝްރޫޢުގެ މަސައްކަތްކުރުމަށް އާރްޑީސީއާ ހަވާލުކޮށްފައިވަނީ 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.
ގިނަ ދުވަސްތަކެއްވަންދެން ކުރިއަށްނުގޮސް އޮތް މީދޫގެ ހޮސްޕިޓަލްގެ މަސައްކަތްތައް ފައްޓަވައިދެއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވީ 2024 ވަނަ އަހަރުގެ ފެބުރުއަރީ މަހުގެ ތެރޭގައި އެރަށަށް ކުރެއްވި ދަތުރުފުޅުގައެވެ.
ރަށްރަށުގައި ހުއްޓިފައި ހުރި މަޝްރޫޢުތައް އަލުން ފަށައި، ހަލުއި ދުވެލީގައި ނިންމުމަށްޓަކައި އަދުގެ ސަރުކާރުން އަންނަނީ މުހިއްމު ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.