ENGLISH

16 މާރިޗު 2026

Advertisement

މުޢިއްޒަކީ ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް: ރައީސް

16 މާރިޗު 2026

|

އަޙުމަދު ޙަމީދު

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަބްދުލް މުޢިއްޒު ހަސަން

ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަބްދުލް މުޢިއްޒު ހަސަން ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އެ އާއިލާއަށް ތަޢުޒިޔާ ފޮނުއްވައިފި އެވެ.

މުޢިއްޒު ނިޔާވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ތަޢުޒިޔާގެ މެސެޖުގައި ވިދާޅުވީ ތެލަސީމިއާ ސޮސައިޓީގެ ކުރީގެ ޗެއާޕާސަން އަދި އެ ސޮސައިޓީގެ އެގްޒެކެޓިވް ކޮމެޓީގެ މެންބަރު ޢަބްދުލްމުޢިއްޒު ޙަސަން ނިޔާވި ޚަބަރު އަޑުއެހީ ފުންހިތާމައާއެކު ކަމަށެވެ. މުޢިއްޒަކީ އެޗްޑީސީގެ މުވައްޒަފުންގެ ކްލަބްގެ ރައީސްގެ ހައިސިއްޔަތުން ވެސް ހިތްވަރުގަދަކަމާއި ހިތްހެޔޮކަމުގެ ރީތި ނަމޫނާއެއް ދެއްކެވި ޒުވާނެއް ކަމުގައި ރައީސް ވިދާޅުވި އެވެ.

"މަރްޙޫމްގެ ޢާއިލާއަށާއި، ތެލަސީމިއާ ސޮސައިޓީގެ މެންބަރުންނަށް އަދި އެޗްޑީސީގެ މުވައްޒަފުންނަށް ތަޢުޒިޔާ ދަންނަވަން. މާތްﷲގެ ތަނަވަސް ރަޙްމަތުގައި، ސުވަރުގޭގެ ދާއިމީ ނިޢުމަތުގައި މަރްޙޫމް ޢަބްދުލްމުޢިއްޒު ޙަސަން ލަހައްޓަވާށި," ރައީސްގެ ތަޢުޒިޔާގެ މެސެޖުގައި ވެ އެވެ.

މުޢިއްޒު ނިޔާވީ ސިއްޙީ ޙާލަތު ގޯސްވެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށެވެ. މީގެ ކުރީން ވެސް ސިއްޙީ ޙާލަތު ގޯސްވެ ރާއްޖެއިން ބޭރުން ވެސް ފަރުވާ ހޯއްދި އެވެ.

ތެލެސީމިއާ އާއިލާގެ ޙައްޤުގައި އެންމެ ބޮޑަށް ވަކާލާތު ކުރަމުން އައި އެކަކީ މުޢިއްޒު އެވެ. ތެލެސީމިއާ ކުދީންނާއި މީހުން ގުޅިގެން އުފައްދާފައިވާ ތެލަސީމިއާ ސޮސައިޓީގެ ރައީސްގެ މަޤާމުގައި ހުންނަވާ ވަރަށް ގިނަ ޚިދުމަތްތައް ކޮށްދެއްވި އެވެ.

ނިޔާވިއިރު ވަޒީފާގައި ހުންނެވީ އެޗްޑީސީގަ އެވެ. އެ ކުންފުނީގައި މަސައްކަތް ކުރާތާ އަހަަރުތަކެއް ވެއްޖެ އެވެ.

ކިޔުންތެރިންގެ ހިޔާލު