ENGLISH

15 މާރިޗު 2026

Advertisement

ޤާސިމްގެ ނަމުގައި ސްކޭމް މެސެޖެއް، ސަމާލުވާން އިލްތިމާސް ކުރައްވައިފި

15 މާރިޗު 2026

|

އަޙުމަދު ޙަމީދު

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޝްހޫރު ވިޔަފާރިވެރިޔާ ޤާސިމް އިބްރާހިމްގެ ނަމުގައި ސްކޭމް މެެސެޖެއް ދައުރު ކުރަމުންދާތީ އެކަމަށް ސަމާލުވާން އެމަނިކުފާނު އިލްތިމާސް ކުރައްވައިފި އެވެ.

މި ރޯދަ މަހު ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ ލިބޭ ފުރުސަތެއް ހުޅުވާލާފައިވާ ކަމަށް ބުނެ ގާސިމްގެ ނަމުގައި ސްކޭމް މެެސެޖެއް ދަނީ ދައުރު ކުރަމުންނެވެ. އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ޤާސިމް ވިދާޅުވީ އެކިއެކި ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އެމަނިކުފާނުގެ އޭއައި ފޮޓޯ އެއް ހިމަނާ ސުވާލަކާއި ލިންކެއް ހިމެނޭ ސްކޭމް މެސެޖެއް ބަޔަކު ދަނީ ފޮނުވަމުންނެވެ. އެއީ އެމަނިކުފާނާއި އެއްވެސް ގުޅުމެއް ނެތް އަދި ސައްޙަ ނޫން މުއާމަލާތެއް ކަމަށް ޤާސިމް ވިދާޅުވި އެވެ.

އެހެން ކަމުން މިފަދަ ސްކޭމަރުންގެ މިފަދަ ކަންކަމަށް ސަމާލުވާން ޤާސިމް ވަނީ އިލްތިމާސް ކުރައްވާފަ އެވެ. އެމަނިކުފާނު ވިދާޅުވީ ފައިސާ ފޭރޭ މިފަދަ މީހުންގެ ސަބަބުން އެތައް ބައެއްގެ ވަގުތު ބޭކާރުވެ، އެތައް ބަޔަކަށް ދެރަ ނިކަމެތި ގޮތްތައް ދަނީ ދިމާވަމުންނެވެ.

ޤާސިމް ވަނީ ނޭންގާނީ ޢަމަލުތަކުން ދިވެހި މުސްލިމު މުޖުތަަޢު ސަލާމަތްކޮށް ދެއްވުން އެދި ދުއާ ކުރައްވާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު