ENGLISH
15 މާރިޗު 2026
އިންތިޚާބާ ދިމާކޮށް އެމްޑީޕީން ދޮގު ފެތުރުމުގައި؛ އުޅަނދުތަކުން ނަގާ ފީ ބޮޑުކުރަނީ ކަމަށް ބުނެ އެމްޑީޕީން ފަތުރަނީ ދޮގެއް
15 މާރިޗު 2026
|
މާލޭ ނޯތު ހާބަރު
އެންމެ މަޤްބޫލު
މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމަށް މަޝްވަރާ ކުރަމުންދާ ކަމަށް ބުނެ އިދިކޮޅު އެމްޑީޕީން ބޮޑު ދޮގެއް ހަދައިފި އެވެ.
އެމްޕީއެލް އިން ވަނީ ބަޔާނެއް ނެރެ އެމްޑީޕީން ފަތުރަމުންދާ ވާހަކަތަކަކީ ދޮގެއްކަން ހާމަކޮށްފަ އެވެ. އެ ކުންފުނިން ބުނީ މާލޭ ނޯތު ހާބަރު ބޭނުންކުރާ އުޅަނދުތަކުން، ނަގާ ފީ ބޮޑުކުރުމާއި ގުޅޭ އެއްވެސް މަޝްވަރާއެއް ސަރުކާރާއެކު ކުރަމުން ނުގެންދާ ކަމަށެވެ. އެހެން ކަމުން މިކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކީ އެއްވެސް އަސާސެއް ނެތް ޚަޤީޤަތާއި ޚިލާފު ވާހަކަތަކެއް ކަަމަށެވެ.
އެބަޔާނުގައި ބުނީ ބޮޑުތަކުރުފާނު މަގު ތަރައްޤީ ކުރުމުގެ މަޝްރޫޢުއާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާލެ ނޯތު ހާބަރުގެ ޙިދުމަތްތައް ފުޅާކޮށް "އޭ ޒޯން" ބޭނުންކުރާ އުޅަނދު ފަހަރަށް ފެނާއި ކަރަންޓުގެ ޚިދުމަތްވެސް ފޯރުކޮށް ދިނުމަށް އަންގަވާފައި ކަމަށެވެ. އެ ކުންފުނިން ދަނީ އެ ޚިދުމަތް ފެށޔމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުން ކަމަށް ވެސް ބުންޏެވެ.
އަދި ބުނީ އެމްޕީއެލްގެ އަމާޒަކީ މާލެ ނޯތު ހާބަރު ބޭނުންކުރާ އޮޑިދޯނި ފަހަރަށް ވީހާވެސް ލުއި ފަސޭހަ ގޮތަކަށް ޙިދުމަތް ފޯރުކޮށްދިނުން ކަމަށެވެ. އެގޮތުން އުޅަނދުތަކަށް ޖާގަ ދިނުމުގައި އަމަލު ކުރަމުންދާ އުސޫލަށް މި މަހު ބަދަލު ގެނެސް މުދާ އުފުލާ ބޯޓް ފަހަރުތަކުން ކިއުގައި މަޑުކުރަން ޖެހޭ ވަގުތު ކުޑަވެ ޙިދުމަތް ހޯދުމުގައި އިތުރު ފަސޭހަތައް ލިބޭނެ ގޮތް ހަމަޖައްސާފައިވާ ކަމަށެވެ.
މަސްވެރިކަން ކުރާ އޮޑިދޯނި ފަހަރަށް ޚާއްސަކޮށް މާލެ ނޯތު ހާބަރުގެ "ޑީ ޒޯން" އާއި "އީ ޒޯން" އަދި "އެފް ޒޯން" ބޭނުންކުރާ އެއްވެސް އުޅަނދަކުން މިހާރުވެސް ފީއެއް ނުނަގާ ކަން ވެސް އެމްޕީއެލް އިން ފާހަގަ ކުރެއެވެ.
އެމްޕީއެލް އިން ވަނީ އާންމުންގެ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ މިފަދަ ކަންކަމުގައި ނުތަަނަވަސްކަން އުފެދޭ ގޮތަށް ދޮގު ވާހަކަތައް ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެއްކަން ފާހަގަ ކުރައްވާ އެފަދަ ކަންކަން ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ.
އަންނަ މަހުގެ ހަތަރުވަނަ ދުވަހު އޮންނަ ތިން އިންތިޚާބާއި ދިމާކޮށް އެމްޑީޕީން ދަނީ އެއްވެސް އަސާސެއް ނެތި ދޮގު ވާހަކަތައް ފަތުރަމުންނެވެ. އިންތިޚާބުގެ ކެމްޕެއިން ދޫކޮށް އަސާސެއް ނެތް އަދި އާންމުންގެ ގިނަ ބައެއްގެ މަސްލަހަތާއި ގުޅިފައިވާ އެކި ކަންކަމުގައި ޙަޤީޤަތާއި ޚިލާފު ވާހަކަތައް ފަތުރާނީ އެތައް ބަޔަކު ދަނީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.