ENGLISH

15 މާރިޗު 2026

Advertisement

އެމިރޭޓްސް ރެޑް ކްރެސެންޓުން ޒަކާތުގެ ގޮތުގައި 40،000 ޑޮލަރު، ޚަރަދުކުރާނީ ޔަތީމުންނާއި ފަޤީރުންނަށް

15 މާރިޗު 2026

|

އަޙުމަދު ޙަމީދު

އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިޠުރު ޒަކާތު ފައިސާ ހަވާލުކުރުން --

އެމިރޭޓްސް ރެޑް ކްރެސެންޓުން ފިޠުރު ޒަކާތުގެ ގޮތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާއަށް ދެއްކި ފައިސާ، ދަޢުލަތުގެ ބެލުމުގެ ދަށުގައި ތިބި ޔަތީމުންނާއި ފަޤީރުންނަށް ޚަރަދު ކުރުމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްޤީއާއި ބެހޭ ވުޒާރާއާ ހަވާލުކޮށްފި އެވެ.

އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ފިޠުރު ޒަކާތުގެ ގޮތުގައި 40،780.44 ޑޮލަރު (626,795.36 ރުފިޔާ) ދީފައިވެ އެވެ. އިސްލާމީ ކަންތައްތަކާއި ބެހޭ ވުޒާރާ އިން ބުނީ މި ފައިސާ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ދައުލަތުގެ ބެލުމުގެ ދަށުގައިވާ ކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ކުދިން ފިޠުރު ޢީދުގެ އުފަލުގައި ބައިވެރިކުރުމަށާއި، ޢީދު ހެދުން ގަނެދިނުމަށާއި، ފުޑް ޕެކޭޖު ދިނުމަށާއި ރޯދަ ވީއްލުން ދިނުމަށް ކަމަށެވެ.

އެމިރޭޓްސް ރެޑް ކްރެސެންޓުގެ ފަރާތުން ދެއްވި މި ފައިސާއަކީ، މިއީ ދެ ޤައުމުގެ މެދުގައި އުފެދިފައިވާ ގާތް ގުޅުން ހާމަކޮށްދޭ އެހީތެރިކަމެއް ކަމަށްވެސް އެ ވުޒާރާ އިން ބުނެ އެވެ.

ކިޔުންތެރިންގެ ހިޔާލު