ENGLISH
15 މާރިޗު 2026
ނައިފަރުގައި ހިފްޡު ކުލާސްތަކުގެ ދަރިވަރުންނަށް ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފި
15 މާރިޗު 2026
|
ނައިފަރުގެ ހިފްޡު ކުލާސްތަކުގެ ދަރިވަރުންނަށް އަމާޒުކޮށް ބޭއްވި ރޯދަ ވީއްލުމުގެ ތެރެއިން. ފޮޓޯ؛ ޖަމިއްޔަތުއް ރަޙްމާ
އެންމެ މަޤްބޫލު
ޅ. ނައިފަރުގައި ހުންނަ ޝައިޚް ނާޒިލް އިންސްޓިޓިއުޓްގައި ޤުރުއާން ހިތުދަސްކުރަމުންދާ ދަރިވަރުންނަށް އަމާޒުކޮށްގެން ޚާއްޞަ ރޯދަވީއްލުމެއް ބާއްވައިފި އެވެ.
މި ރޯދަވީއްލުމަކީ ޖަމިއްޔަތުއް ރަޙްމާގެ ފަރާތުން އިންތިޒާމުކޮށްގެން ބޭއްވި ހަރަކާތެކެވެ. މި ހަރަކާތް ބޭއްވުމުގައި ޔޫ.އޭ.އީ އެއިޑުގެ ފަރާތުން ވަނީ ދީލަތި އެހީތެރިކަމެއް ފޯރުކޮށްދީފަ އެވެ.
ޖަމްޢިއްޔަތުއް ރަޙްމާ އިން ބުނީ ކީރިތި ޤުރްއާން އުނގެނުމާއި ހިތުދަސްކުރުމުގެ ކުލާސްތަކުގައި ކިޔަވާ ގިނަ އަދަދެއްގެ ދަރިވަރުން ބައިވެރިވި މި ބައްދަލުވުމުން ފެނިގެންދިޔައީ، އުޚުއްވަތްތެރިކަމާއި، ޝުކުރުވެރިވުމުގެ މަތިވެރި ސިފަކަމަށެވެ. އަދި މިއީ ރަމަޟާން މަހުގެ ރޫޙާ ގުޅިފައިވާ ވަރަށް ފުރިހަމަ ފެށުމެއްކަމަށް އެ ޖަމިއްޔާއިން ބުންޏެވެ.
އެއްބައިވަންތަކަމާއި، ދީލަތިކަމާއި، އަދި ކީރިތި ޤުރްއާނަށް އޮތް ލޯތްބާއި ގުޅިފައިވާ މި މަތިވެރި ރޫޙަކީ، މި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ލިބިގެންދާނެ އިތުރު ހިތްވަރެއްކަމުގައި ލެެއްވުން އެދޭކަންވެސް އެ ޖަމިއްޔާއިން ވަނީ ހާމަކޮށްފަ އެވެ.