ENGLISH

14 މާރިޗު 2026

Advertisement

ކޮންގްރެސްގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓްގެ މިއަދުގެ ދޮރުންދޮރަށް ވިނަރެސްގައި

14 މާރިޗު 2026

|

އަޙުމަދު ޙަމީދު

ކޮންގްރެސްގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓްގެ މިއަދުގެ ދޮރުންދޮރަށް ވިނަރެސްގައި --

ކޮންގްރެސްގެ މާލެ ސިޓީ މޭޔަރު ކެންޑިޑޭޓް މޫސާ ޢަލީ ޖަލީލް ވިނަރެސްގެ ބައެއް އެޕާޓްމަންޓްތަކަށް ޒިޔާރަތް ކުރައްވާ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއައްސަވާ ސިޔާސަތުތައް ހިއްސާ ކުރައްވައިފި އެވެ.

މިއަދުގެ ދޮރުން ދޮރަށް ހަރަކާތް ޚާއްސަ ކޮށްފައި ވަނީ ވިނަރެސް ފްލެޓްތަކަށެވެ. މޭޔަރު ވަނީ ހުޅުމާލެ މެދު ދާއިރާގައި ހިމެނޭ ވިނަރެސްގެ ބައެއް އެޕާޓްމަންޓްތަކަށް ޒިޔާރަތް ކުރައްވާ އެ ތަންތަނުގައި ދިރިއުޅޭ ރައްޔިތުންނާއި ބައްދަލު ކުރައްވާފަ އެވެ.

އަދި އެ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއެއްސެވި އެވެ. މީގެ އިތުުރުން މާލެ ސިޓީއަށް ގެންގުޅުއްވާ ތަސައްވުރު އެ ރައްޔިތުންނާއި ހިއްސާކުރެެއްވި އެވެ.

މި ޒިޔާރަތުގައި ހުޅުމާލެ މެދު ދާއިރާގެ މެމްބަރު ހުސައިން ޝަރީފްއާއި މާލެ ސިޓީގެ ބައެއް ދާއިރާތަކުގެ މަޖިލީސް މެންބަރުންނާއި އެ ދާއިރާގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީއަށް ކުރިމަތިލާ ކޮންގްރެސްގެ ކެންޑިޑޭޓް ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިޚާބާއި ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީސް އިންތިޚާބު އެކުއެކީ އެއް ދުވަހެއްގައި ބޭއްވުމާމެދު ނަގާ ފެންނަ ނުފެންނަ ވޯޓަށް ކޮންގްރެސް ޕާޓީން ދަނީ ފޯރީގައި ކެމްޕެއިން ކުރަމުންނެވެ.

ދޮރުން ދޮރަށް ހިނގުމުގެ ހަރަކާތްތަކާއި ޖަގަހަތައް ހުޅުވުމުގެ ހަފްލާތަކާއި ރައްޔިތުންނަށް ސިޔާސަތުތައް ހިއްސާ ކުރުމުގެ އެކި ހަރަކާތްތައް ހިންގަމުން ދެ އެވެ.

ކިޔުންތެރިންގެ ހިޔާލު