ENGLISH

14 މާރިޗު 2026

Advertisement

އުލިގަމަށް ބަނދަރުކުރި ކުރޫޒްލައިނާއަކުން 859 ފަތުރުވެރިން ރާއްޖެއަށް

14 މާރިޗު 2026

|

ސުވެއިދާ ހުސެއިން

ހއ. އުލިގަމަށް އިއްޔެ ބަނދަރުކުރި "ވަސްކޯ ޑަ ގާމާ" ކުރޫޒްލައިން: މީގެން 859 ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައި

ހއ. އުލިގަމަށް އިއްޔެ ބަނދަރުކުރި "ވަސްކޯ ޑަ ގާމާ" ކުރޫޒްލައިނާއިން 859 އައިސްފައިވާކަމަށް އިމިގްރޭޝަނުން ބުނެފިއެވެ.

މިއީ ސްރީ ލަންކާގެ ކޮލަމްބޯއިން ފުރައިގެން ރާއްޖެ އައި މި ކުރޫޒް ލައިނާ އެކެވެ.

އިމިގްރޭޝަނުން ބުނީ "ވަސްކޯ ޑަ ގާމާ" އިން 859 ފަސިންޖަރުންނާއި 489 ފަޅުވެރިންނަށް ބޭނުންވާ އިމިގްރޭޝަން ކްލިއަރެންސްގެ ކަންކަން، އިމިގްރޭޝަންގެ ސީޕޯޓް ޑިވިޝަނުގެ އޮފިސަރުން ފުރިހަމަކޮށްދީފައިވާކަމަށެވެ. އަދި މި އުޅަނދުން 23 ފަޅުވެރިއަކާއި 12 ފަސިންޖަރަކު ފޭބުމަށް އެދުމުން އެ ހުއްދަވެސް ދީފައިވާކަމަަށް ބުނެފައިވެއެވެ. 

ހއ. އުލިގަމަށް ބަނދަރުކުރި ކްރޫޒް ލައިނާގެ ކްލިއަރެންސްގެ މަސައްކަތް ކުރުމުގެ ތެރެއިން--ފޮޓޯ؛ އިމިގްރޭޝަން

މިއަހަރަކީ ރާއްޖެއަށް ގިނަ އަދަދަކަށް ކުރޫޒްލައިނާތަކުގައި ފަތުރުވެރިން އަންނަ އަހަރެކެވެ. އެގޮތުން މިއަހަރުގެ މިހާތަނަށް 9 ކުރޫޒްލައިނާ ރާއްޖެ އައިސްފައިވެއެވެ.

ހއ. އުލިގަމަކީ ރާއްޖެއިން އެންމެ ގިނަ ޔޮޓް ބަނދަރު ކުރާ މަންޒިލެވެ. ކޮންމެ އަހަރެއްގެވެސް ފަތުރުވެރިކަމުގެ ޕީކް ސީޒަންގައި ގިނަ ޢަދަދެއްގެ ޔޮޓްތައް އެރަށަށް ބަނދަރުކޮށް، ގިނަ އަދަދެއްގެ ފަތުރުވެރިން އެރަށަށް ފައިބައެވެ. އެހެންކަމުން އެރަށުގައި ޔޮޓް މެރީނާއެއް ގާއިމް ކުރުމަށް ޕޯޓް ލިމިޓެޑާއިއެކު އެރަށު ކައުންސިލުން ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އަދި ޔޮޓް މެރީނާ އެޅުމަށް، މިމަހުގެ ފަސް ވަނަ ދުވަހު ވަނީ ހުޅުވާލާފައެވެ.

ޔޮޓް މެރީނާ ގާއިމުކުރާއިރު، އިހަވަންދިއްޕޮޅުގައި ފަށާފާއިވާ ބައިނަލްއަޤްވާމީ ބަންކަރިންގެ ޚިދުމަތާ ގުޅިގެން، ބޭރު ޤައުމުތަކުން ރާއްޖެ އަންނަ އުޅަނދުފަހަރުގެ ދަތުރުވެރިންނާއި ފަޅުވެރިންނަށް އިމިގްރޭޝަންގެ ކްލިއަރެންސް ދިނުމަށް އުލިގަމުގައި އިމިގްރޭޝަންގެ އައު އޮފީހެއް އެޅުމަށް، އެމްޓީސީސީ އާއި މިދިޔަ އަހަރު ވަނީ ހަވާލުކޮށްފައެވެ. 

ކިޔުންތެރިންގެ ހިޔާލު