ENGLISH

16 މާރިޗު 2026

Advertisement

ޤަވައިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެދަށަށް.

14 މާރިޗު 2026

|

ސުވެއިދާ ހުސެއިން

ޤަވައިދާއި ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމަށް ބުރާސްފަތި ދުވަހު ހިންގި އޮޕަރޭޝަންގެ ތެރެއިން: މި އޮޕަރޭޝަން ގައި 3 މީހަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ--ފޮޓޯ/ އިމިގްރޭޝަން

ރާއްޖޭގައި ޤަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީން ހޯދުމުގެ މަސައްކަތުގައި އިތުރު 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.

މޯލްޑިވްސް އިމިގްރޭޝަނުން ބުނީ ބުރާސްފަތި ދުވަހު މާލެ، އަދި ހުޅުމާލެގެ އެކި ސަރަހައްދުގައި ގަވައިދާއި ހިލާފަށް އުޅެމުންއަންނަ ބިދޭސީން ހޯދުމަށް، ހިންގި އޮޕަރޭޝަންގައި ޖުމްލަ 59 ބިދޭސީއެއް ބަލައިފާސްކޮށް، ގަވާއިދާ ޚިލާފަށް އުޅެމުންދިޔަ 3 ބިދޭސީން އެ އިދާރާގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ. 

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ފާހަގަވުމުން އިދާރާތަކުގެ އެމީހުންނާ މެދު ޚާއްޞާ ގޮތްތަކެއް އަންނަނީ ނިންމަމުންނެވެ. މިގޮތުން ބައެއް މީހުން ޑީޕޯޓްކުރުމާއި، ޤަވާއިދަށް ފެއްތުމުގެ މަސައްކަތްތަކެއް ވެސް މީގެކުރިން ވަނީ ކޮށްފަ އެވެ. 

މި ސަރުކާރު ވެރިކަމާ ޙަވާލުވީއިރު ރާއްޖޭގައި ނުގަވައިދުން އުޅޭ ބިދޭސީންގެ މައްސަލަ އޮތީ ވަރަށް ބޮޑުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ޙަވާލުވެވަޑައިގެން ޤައުމީ ބޮޑެތި މައްސަލަތައް ޙައްލުކުރައްވަން ފެެއްޓެވިއިރު، އެންމެ ފުރަތަމަ ފެއްޓެވި އެ މަސައްކަތަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ދެނެގަތުމުގެ މަސައްކަތެވެ.

ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހޯދުމުގެ އިތުރުން، ރާއްޖޭގައި ބިދޭސީން ޤަވާއިދާ ޚިލާފަށް ހިިންގާ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. 

ކިޔުންތެރިންގެ ހިޔާލު