ENGLISH

05 ޖުލައި 2025

Advertisement

ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ ލިޔުންތަކެއް ހުރީ ރައްކާތެރިކޮށް: ހައުސިން މިނިސްޓްރީ

12 ޑިސެމްބަރު 2024

|

އަހުމަދު ސައީދު

ގެދޮރުވެރިކަމާއި ބިމާއި އުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާ. --ފޮޓޯ/ މިހާރު އަލީ ނިޝާން

މިނިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މަޢުލޫމާތާއި ލިޔުންތައް ހުރީ ރައްކާތެރިކޮށް ކަމަށް، ގެދޮރުވެރިކަމާއި ބިމާއި އުމްރަނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ތިން މިނިސްޓްރީއަކާއި މާލޭ ސިޓީ ކައުންސިލުގެ އޮފީހެއް އިންގަމުން އަންނަ އިމާރާތްތަކުގައި މިއަދު ހެނދުނު ހިނގި އަލިފާނުގެ ބޮޑު ހާދިސާއާ ގުޅިގެން، ފުޑްކޯޓްތައް ކައިިރީ ހުންނަ އިމާރާތްތައް ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ.

"މި ހާދިސާއާ ގުޅިގެން، މި މިސްޓްރީން ކުރަމުންގެންދާ ގެދޮރުވެރިޔާ ސްކީމާ ގުޅޭ ހުރިހާ މަޢުލޫމާތާއި ލިޔުންތަކަކީ މި މި ނިސްޓްރީގެ ކްލައުޑް ހޯސްޓިންގައި ޑިޖިޓަލްކޮށް ބަލަހައްޓާ މަޢުލޫމާތުތަކެއް ކަމަށްވާތީ، މި ހާދިސާގެ ސަބަބުން އެ މަޢުލޫމާތުތަކަށް އެއްވެސް އަސަރެއް ނުކުރާނެ ވާހަކަ ޢާންމުންގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ." މިނިސްޓްރީން ނެރުނު ނުސްބަޔާނުގައި ވިދާޅުވެފައިވެއެވެ. 

މިނިސްޓްރީން ވިދާޅުވީ މި ހާދިސާއާ ގުޅިގެން އަޅާ ފިޔަވަޅުތަކާއި ގުޅޭ މަޢުލޫމާތު ފަހުން ހިއްޞާ ކުރާނެ ކަމަށެވެ.

މިނިސްޓްރީގެ އިމާރާތުގައި އަލިފާންރޯވީ މިއަދު އޮފީސް ހުޅުުވުމުގެ ކުރިންނެވެ. މި ހާދިސާގައި މިނިސްްޓްރީގެ އެއްވެސް މުވައްޒަކަށް ގެއްލުންވެފައި ނުވާކަމަަށް މިނިސްޓްރީން ވިދާޅުވެއެވެ. 

ކިޔުންތެރިންގެ ހިޔާލު