ENGLISH
14 މާރިޗު 2026
ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެގަތުމަށް ޢާންމުންގެ އެހީއަށް
13 މާރިޗު 2026
|
ހިތަދޫ ޕޮލިސް ސްޓޭޝަން
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މަރުވެފައި އޮއްވާ ފެނުނު މީހާ ދެނެގަނެވިފައިނުވާތީ އާންމުންގެ އެހީއަށް އެދިއްޖެ އެވެ.
ހިތަދޫ ފަތާ ޓްރެކް ސަރަހައްދުން މަރުވެފައި އޮތް މީހަކު ފެނިގެން މިއަދުގެ ހަވީރު 16:41 އެހައިކަންހާއިރު ފުލުހުންނަށް ވަނީ ރިޕޯޓުކޮށްފައެވެ.
މި ރިޕޯޓު ލިބުމާއެކު ފުލުހުން އެ ސަރަހައްދަށް ގޮސް، އެ މީހާގެ ހަށިގަނޑު ވަނީ އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި މައްސަލައާ ގުޅިގެން ފުރިހަމަކުރަންޖެހޭ އިޖުރާއަތްތައް ފުރިހަމަކުރަމުގެ މަސައްކަތް ދަނީ ކުރަމުން ކަމަށް ފުލުހުން ބުންޏެވެ.
މަރުވެފައިވާ މީހާއަކީ ބޭރު ގައުމަކަށް ނިސްބަތްވާ މީހެއްކަމަށް ބެލެވޭ ދޮން ނަސްލުގެ ފިރިހެނެއް ކަމަަށާ އޭނާއަކީ ކާކުކަން މިހާތަނަށް ދެނެގަނެވިފައެއް ނުވާ ކަމަށް ފުލުހުން ބުންޏެވެ. އަދި އެ މީހާއާ ގުޅޭ އެއްވެސް މައުލޫމާތެއް ނުވަތަ މިސިންގ ޕަރސަންސް ރިޕޯޓެއް ވެސް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށް ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ މި މީހަކީ ކާކުކަން ދެނެގަތުމަށް އެހީތެރިވެދެވޭނެ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއްވާނަމަ، ނުވަތަ، އެ ސަރަހައދުގައި، ނުވަތަ ގެސްޓް ހައުސްއެއްގައި ނުވަތަ ރިޒޯޓެއްގައި ނުވަތަ ސަފާރީ އެއްގައި އުޅޭ ޓްއަރިސްޓެއް ނުވަތަ ބިދޭސީއެއްގެ ޚަބަރެއް ނުވެގެން އުޅޭނަމަ ހިތަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9791612 އަށް ގުޅައި ހިއްސާކުރުމަށް އެދޭ ކަމަށެވެ.