ENGLISH
13 މާރިޗު 2026
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ
13 މާރިޗު 2026
|
ހިތަދޫ ޓްރެކް
އެންމެ މަޤްބޫލު
އައްޑޫ ސިޓީ ހިތަދޫ ފަތާ ޓްރެކް މޫދުގައި މީހަކު މަރުވެފައި އޮއްވާ ފެނިއްޖެ އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ބުނީ އެ ރިޕޯޓް ލިބުނީ ހަވީރު 4:41 އެހާކަންހާއިރު ކަމަށެވެ.
އަދި ބުނީ އެ މީހާގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށާ އެއީ ބިދޭސީ އެއް ކަމަށެވެ. އެހެން ނަމަވެސް އެއީ ކާކުކަން ދެނެގަނެވިފައިނުވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލަ މިހާރު ގެންދަނީ ތަހުގީގު ކުރަމުން ކަމަށް ވެސް ފުލުހުން ބުންޏެވެ.