ENGLISH
13 މާރިޗު 2026
މަހަށް ނިކުމެ އުޅެނިކޮށް ޚަބަރެއް ނުވެގެން ހޯދި މީހާ ފެނިއްޖެ
13 މާރިޗު 2026
|
މުހައްމަދު އިޤްބާލް
އެންމެ މަޤްބޫލު
ރ. ވާދޫން ކަނޑުމައްޗަށް ނިކުމެ އުޅެނިކޮށް ގެއްލިގެން ހޯދަމުންދިޔަ މުޙައްމަދު އިޤްބާލް ފެނިއްޖެ އެވެ.
އޭނާ ގެއްލިގެން ހޯދަން ފެށީ ބުރާސްފަތި ދުވަހުގެ ފަތިހު މަހަށް ފުރިގޮތަށް ޚަބަރެއް ނުވެގެންނެވެ. ފުލުހުން ބުނީ އިޤްބާލު ފެނުނުއިރު ހާލު ރަނގަޅު ކަމަށެވެ.
އިޤްބާލް ފެނިފައިވަނީ މިއަދު ހެނދުނު 06:53 އެހައިކަންހާއިރު، އޭނާ ދަތުރުކުރި ޑިންގީގެ އިންޖީނު ހުއްޓިގެން ރ. އަލިފުށި ކައިރީގައި އޮތް ބޮއެއްގައި އުޅަނދު އައްސައިގެން އޮއްވައެވެ. އޭނާ ފެނިފައިވަނީ، ހޯދުމުގެ މަސައްކަތަށް މިއަދު ހެނދުނު ރ. ވާދޫން ނުކުތް ބަޔަކަށެވެ.
މި މަސައްކަތުގައި އާންމު ރައްޔިތުންގެ ފަރާތުން ލިބުނު އެއްބާރުލުމާއި އެހީތެރިކަމަށްޓަކައި، އަދި އެ މީހާ ހޯދުމުގެ މަސައްކަތުގައި އެކި ގޮތްގޮތުން ބައިވެރިވި އެންމެހާ ފަރާތްތަކަށް ފުލުހުން ވަނީ ޝުކުރު އަދާކޮށްފަ އެވެ.