ENGLISH

13 މާރިޗު 2026

Advertisement

ދިގުރަށުގައި އަލިފާނުގެ ހާދިސާއެއް: ފަސް ބިދޭސީއަކު ފިހިގެން ނިޔާވެއްޖެ

13 މާރިޗު 2026

|

އަޙުމަދު ޙަމީދު

އަލިފާން ރޯވެ އަނދަނީ

އދ. ދިގުރަށުގައި ބިދޭސީ މަސައްކަތްތެރިން ދިރިއުޅޭ އެކަމަޑޭޝަން ބްލޮކެއްގައި މިރޭ ހިނގި އަލިފާނުގެ ހާދިސާ އެއްގައި ފަސް މީހަކު ނިޔާވެއްޖެ އެވެ.

ފުލުހުން މިރޭ ބުނީ އެ ހާދިސާގައި އަށް މީހަކަށް އެކިވަރުގެ އަނިޔާ ލިބިގެން ދިގުރަށު ސިއްޙީ މަރުކަޒަށް ގެންގޮސްފައިވާ ކަމަށެވެ. މި ހާދިސާގައި އަނިޔާލިބުނު މީހުންގެ ތެރެއިން ފަސް މީހަކު ވަނީ ނިޔާވެފައެވެ.

މި ހާދިސާގައި ސީރިއަސް އަނިޔާތަކެއް ލިބި، ބޮޑަށް ފިހިފައިވާ ދެ މީހަކަށް އިތުރު ފަރުވާ ދިނުމަށްޓަކައި ވަނީ މާލެ ގެނެސްފައެވެ.

އަދި މި ހާދިސާގެ ތަހުގީގަށް މާލެއިން ހާއްސަ ޓީމެއް ދިގުރަށަށް ދިއުމަށް  ހަމަޖެހިފައިވާ ކަމަށާ މި ތަހުގީގު ޓީމުގައި މެޑިކަލް ޑޮކްޓަރެއް ހިމެނޭ ކަމަަށް ފުލުހުން ބުންޏެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ މިރޭ 2:00 އެހައިކަންހާއިރު އެވެ. ރޯވި އަލިފާން މިހާރު ވަނީ ނިއްވާލާފަ އެވެ.

ކިޔުންތެރިންގެ ހިޔާލު