ENGLISH
13 މާރިޗު 2026
ފުލުހަކަށް ހަމަލާދީ ޒަޚަމުކޮށްލައިފި، މައްސަލަ ތަޙުޤީޤު ކުރަނީ
13 މާރިޗު 2026
|
އަނިޔާވި މީހާ
އެންމެ މަޤްބޫލު
ފުލުހަކަށް ހަމަލާދީ ޒަހަމުކޮށްލި މައްސަލައެއް ތަހުގީގު ކުރަން ފަށައިފި އެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މިރޭ ބުނީ ހުޅުމާލެ ފޭސް ދޭއްގައި ފުލުހަކަށް ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށެވެ.
މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އަނިޔާވެފައިވަނީ ފުލުސް މީހާގެ ރަސްމީ މަސައްކަތުގެ ތެރެއިން ނޫން ކަމަށް ބުންޏެވެ. އަދި މި ހަމަލާގައި އަނިޔާވި ފުލުސް މީހާއަށް މިހާރު ދަނީ ހޮސްޕިޓަލުގައި ފަރުވާދެމުން ކަމަށް ފުލުހުން ބުނެ އެވެ.
މައްސަލައިގެ ވަށައިގެންވާކަންކަން ދިވެހި ފުލުހުންގެ ޚިދުމަތުން ދަނީ ބަލަމުން ކަމަށާ އަދި މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާނެ ކަމަށް ވަނީ ބުނެފަ އެވެ. ތަހުގީގު ކުރިއަށްދާ މިންވަރަކުން މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު ހާމަކުރާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އާންމުވެފައިވާ ވީޑިއޯއަކުން ފެންނަ ގޮތުގައި އެ މީހާގެ ބޮލަށް ހަމަލާ ދިނުމުން ވަރަށް ގިނަ އަދަދަކަށް ލޭ ފައިބާފައިވެ އެވެ.