ENGLISH

13 މާރިޗު 2026

Advertisement

އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަމްބަރ ޕްލެޓް ބޭނުންކުރަން ފަށަނީ

13 މާރިޗު 2026

|

އަޙުމަދު ޙަމީދު

ސަރުކާރުގެ ޓެކްސީ ލައިންގައި ބޭނުންކުރާ ޓެކްސީތަކުގެ ނަމޫނާއެއް

އިލެކްޓްރިކް ވެހިކަލްތަކުގައި ފެހިކުލައިގެ ނަމްބަރ ޕްލެޓް ބޭނުންކުރަން ފަށަން ތައްޔާރުވެއްޖެ އެވެ.

އެކަން ދަތުރުފަތުރާބެހޭ ވުޒާރާގެ ވަޒީރު، މުޙައްމަދު އަމީން ވަނީ މިރޭ ހާމަ ކުރައްވާފަ އެވެ. ވަޒީރު ވަނީ އިލެކްޓްރިކް ވެހިކަލްތަކުގައި ބޭނުންކުރާނެ ނަންބަރު ބޯޑުގެ ނަމޫނާއެއް ހިމަނާފަ އެވެ.

ޤާނޫނަށް ފަހުން ގެނައި ބަދަލާއެކު އަލަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި އަމިއްލަ މީސްމީހުން ގެންގުޅޭ އިލެކްޓްރިކް ވެހިކަލްތަކުގައިވެސް ޓެކްސީ ކުރާނަމަ ފެހިކުލައިގެ ނަމްބަރު ޕްލެޓް ޖަހާނެ އެވެ. އަދި އަމިއްލަ މީސްމީހުންގެ އިލެކްޓްރިކް ވެހިކަލްތަކުގައި ވެސް ފެހިކުލައިގެ ނަންބަރު ޕްލެޓް ބޭނުން ކުރާނެ އެވެ.

ސަރުކާރުން ފަށަން ނިންމާފައިވާ ޓެކްސީ ލައިންގެ ޚިދުމަތް ކުރިއަށް އޮތް ފިތުރު ޢީދު ދުވަހު ފެށުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ސަރުކާރުން ޕްލޭން ކޮށްފައި އޮތީ ފުރަތަމަ ބުރުގައި 150 ކާރު ގެނެސް ޓެކްސީގެ ޚިދުމަތް ފެށުމެވެ.

އެމްޓީސީސީއިން ޓެކްސީ ލައިންގެ ޚިދުމަތަށް ނަގަނީ 407 ޑްރައިވަރުންނެވެ. އޭގެތެރެއިން 122 ޑްރައިވަރުން ހަމަޖައްސާނީ ފުލްޓައިމްކޮށެވެ. އެމްޓީސީސީން ބުނީ ޓެކްސީ ލައިނުގެ ޚިދުމަތް ދޭނީ އިލެކްޓްރިކް ވެހިކަލް (އީވީ) ބޭނުންކޮށްގެން ކަމަށެވެ. ޚިދުމަތް ދޭނީ އެކަމަށް ޚާއްޞަ އެޕްލިކޭޝަނެއް ތައްޔާރުކޮށް ރާއްޖޭން ބޭރުގައި ބޭނުންކުރާ ކާމިޔާބު ބައެއް ޚިދުމަތްތައް ދޭ ގޮތަށެވެ. ރާއްޖޭގައި އަލަށް ފަށާ ޓެކްސީ ލައިނުގެ ޚިދުމަތް 24 ގަޑިއިރު ދޭނެކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

ކިޔުންތެރިންގެ ހިޔާލު