ENGLISH
13 މާރިޗު 2026
ތެލަށް ކުރާ ޚަރަދާ ގެއްލުން ފޫބައްދަން 100 މިލިއަން ޑޮލަރުގެ ލޯނެއް
12 މާރިޗު 2026
|
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު އޮތް ނޫސްވެރީންގެ ބައްދަލްވުން --
އެންމެ މަޤްބޫލު
އެމެރިކާއާ އިޒްރޭލުން އިސްވެ އީރާނަށް ހަމަލާދިނުމުން މެދުއިރުމަތީގައި ފެށިފައިވާ ހަނގުރާމައާ ގުޅިގެން ރާއްޖެ އަށް ލިބޭ ގެއްލުން ކުޑަ ކުރުމަށް 100 މިލިއަން ޑޮލަރު (1.54 ބިލިއަން ރުފިޔާ) ގެ ލޯނެއް ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފި އެވެ.
މެދުއިރުމައްޗާއި ގަލްފުގެ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެއަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް ކުރައްވާ މަސައްކަތްތަކުގެ އަދާހަމަ، ހިއްސާކުރުމަށް ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރީންގެ ބައްދަލްވުމުގައި މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ ހަނގުރާމައާ ގުޅިގެން ތެލަށް ކުރަން ޖެހޭ ޚަރަދު ވަރަށް ބޮޑުވެފައިވާ ކަމަށެވެ.
އަދި ރާއްޖެ އަންނަ ފަތުރުވެރީންގެ އަދަދު މަދުވަމުންދާ ކަމަށެވެ.
ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ 85 މިލިއަން ޑޮލަރާއި 100 މިލިއަން ޑޮލަރުގެ ގެއްލުން ވާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ހަނގުރާމައިގެ ކުރީން ރާއްޖެއަށް ދުވާލަކު 60 ފްލައިޓް އާދެ އެވެ. ނަމަވެސް ހަނގުރާމައާ ގުޅިގެން 19-20 ފްލެޓް ކޮންމެ ދުވަހަކު ކެންސަލް ވެ އެވެ. މިއީ މެދުއިރުމަތީގެ ޤައުމުތަކުން އަންނަން ހަމަޖެހިފައިވާ ފްލައިޓްތަކެވެ.
ވަޒީރު ޒަމީރު ވިދާޅުވި ގޮތުގައި ހަނގުރާމަ މަހެއްހާ ދުވަހަށް ދެމިގެން ގޮސްފި ނަމަ ރާއްޖެއަސް ބޮޑު ގެއްލުމެއް ވާނެ އެވެ. ހަނގުރާމަ ދެވަނަ ހަފްތާއަކަށް ދިގު ދެމިގެންދިޔައިރު އަދިވެސް ހަމަލާތައް ދަނީ ވަރުގަދަ ކުރަމުންނެވެ. އީރާން އޮތީ ބަދަލު ހިފުމަށް ފަހު ނޫނީ ހަނގުރާމަ ހުއްޓާލާ ގޮތަކަށް ނޫނެވެ. ވަޒީރު ވިދާޅުވި ގޮތުގައި މި ހާލަތު މި ގޮތަށް މަހެއްހާ ދުވަހަށް ދެމިގެން ހިނގައްޖެނަމަ 85-100 މިިލިއަން ޑޮލަރުގެ ގެއްލުން ވާނެ އެވެ.
އެހެން ކަމުން އެ ގެއްލުމުން އަރައިގަތުމަށް 100 މިިލިއަން ޑޮލަރުގެ ލޯނެއް ހޯދުމުގެ މަސައްކަތް ވަނީ ފަށާފަ އެެވެ. އެ މަސައްކަތް ކާމިޔާބުވެފައިވާކަން ފާހަގަ ކުރައްވާ ވަޒީރު ވިދާޅުވީ ލޯނު ނެގުމުގެ ކުރީން ރައީސުލްޖުމްހޫރިއްޔާގެ ހުއްދަ ހޯއްދެވުމަށް ވަނީ ސިޓީ ފޮނުވާފަ އެވެ.
ޒަމީރު ވަނީ ރާާއްޖެއަށް ކުރިމަތިވެދާނެ ކޮންމެ ޙާލަތަކަށް ފުރިހަމައަށް ތައްޔާރުވަމުންދާ ކަމުގެ ޔަޤީންކަން ދެއްވާފަ އެވެ.