ENGLISH

12 މާރިޗު 2026

Advertisement

ފިތުރު އީދު ހަވީރުގައި 12 މުއައްސަސާއަކުން ބައިވެރިވަނީ

12 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

އީދު ފާހަގަކުރުމުގެ ހަރަކާތުގެ ތެރެއިން. ފޮޓޯ: އެމްއެންޑީއެފް

ފިތުރު އީދުގެ މުނާސަބަތުގައި ބާއްވާ އީދު ހަވީރުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކާއި މުއައްސަސާތައް ހިމެނޭހެން 12 ފަރާތަކުން ބައިވެރިވާނެކަމަށް މޯލްޑިވްސް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ބުނެފިއެވެ.

ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން އެމްއެންޑީއެފްގެ ލެފްޓިނެންޓް ކާނަލް މޫސާ ރަމީޒް ވިދާޅުވީ، މިއަހަރުގެ އީދުގެ ހަރަކާތްތައް ތަފާތު ވާނެކަމަށެވެ. އަދި މީގެ ކުރީގެ އީދުތަކުގައި ނުފެންނަ ގިނަ އައު ހަރަކާތްތަކެއް ފެނިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

ޢީދު ހަވީރު ހަރަކާތުގައި އެމްއެންޑީއެފް، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ސަރުކާރު ހިއްސާވާ 10 ކުންފުންޏަކުން ބައިވެރިވާނެކަމަށް އޭނާ ވިދާޅުވިއެވެ.

ފިތުރު ޢީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ޢީދު ހަވީރު ހަރަކާތް އިންތިޒާމް ކުރަނީ އެމްއެންޑީއެފްއިންނެވެ.

ޢީދު ހަވީރު 3 ދުވަހަށް ކުރިއަށްގެންދިއުމަށް ވަނި ހަމަޖެހިފައެވެ. އެއީ އީދު ދުވަހާއި އެއާއި ވިދިގެން އަންނަ 2 ދުވަހެވެ.

މި ހަރަކާތްތައް ކުރިއަށްދާނީ ގްރޭޓަރ މާލޭގެ 4 ސަރަހައްދެއްގައެވެ. އެގޮތުން މިއަހަރު މުޅިން އަލަށް ވިލިމާލެ ޓާފް ދަނޑުގައި ޢީދު ހަވީރު ހަރަކާތް ކުރިއަށްދާނެއެވެ. މީގެއިތުރުން ހުޅުމާލެ ހިޔާ ފާކް، ސެންޓްރަލް ޕާކް، އަދި މާލޭގެ ޖުމްހޫރީ މައިދާން ސަރަހައްދުގައި މި ހަރަކާތްތައް ކުރިއަށްދާނެއެވެ.

ޖުމްހޫރީ މައިދާން ސަރަހައްދުގައި ހަރަކާތްތައް ކުރިއަށްދާނީ އިސްލާމީ މަރުކަޒު ކުރިމަތީގައި އޮންނަ މާބުލް ސަރަހައްދާއި، ސަލްޓަން ޕާކާއި، އިއްޒުއްދީން ފާލަމުގެ އިތުރުން ފަޅުތެރެވެސް ހިމެނޭގޮތަށެވެ. މި ހަރަކާތްތައް ކުރިއަށްދާނީ ހަވީރު 16:00 އިން 18:00 އަށެވެ.

ކިޔުންތެރިންގެ ހިޔާލު