ENGLISH
12 މާރިޗު 2026
ށ. މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށް
12 މާރިޗު 2026
|
ށ.މިލަންދޫ އިސްލާމީ މަރުކަޒުގެ މަސައްކަތް/ފޮޓޯ:އެމް.ޓީ.ސީސީ
އެންމެ މަޤްބޫލު
ށ. މިލަންދޫގައި އިމާރާތްކުރާ އިސްލާމީ މަރުކަޒުގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި މަރުކަޒުގެ ލީން ކޮންކްރީޓްގެ މަސައްކަތްތައް މިހާރު އެއްކޮށް ނިމިފައިވާ ކަމަށް އެމް.ޓީ.ސީ.ސީ އިން ބުނެފިއެވެ.
އެމް.ޓީ.ސީ.ސީ ބުނީ މިހާރު ކުރިއަށް ދަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތްތައް ކަމަށެވެ.
މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. އިސްލާމީ މަރުކަޒުގެ ބިންގާ އަޅުއްވާދެއްވި އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
މިލަންދޫ އިސްލާމީ މަރުކަޒުގެ އިތުރުން ސަރުކާރުން އަންނަނީ ތަރައްގީގެ ގިނަ މަސައްކަތްތަކެއް އެ ރަށުގައި ކުރަމުންނެނެވެ.
މިލަންދޫގައި ސަރުކާރުން ހިންގުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު މަޝްރޫ، އެއާޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް މޯލްޑިވްސް އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ހަވާލުކުރައްވާ އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
ސަރުކާރުން މިލަންދޫގައި ތަރައްޤީކުރި ވޮލީބޯޅަ ކޯޓާއި ފުޓްސަލް ކޯޓު ވެސް މިހާރު ވަނީ ހުޅުވައިފައެވެ.
ސަރުކާރުން އަންނަނީ ރާއްޖޭގެ ގިނަ ރަށްތަކެއްގައި ގިނަ އަދަދެއްގެ މަޝްރޫއުތަކެއް ހިންގަމުންނެވެ.