ENGLISH

12 މާރިޗު 2026

Advertisement

އިހްޔާ ފޯރަމުން ދަރިފުޅަށް ހަދިޔާއެއް ލިބޭތޯ މަންމަ ކުރި ދުޢާ އިން ޢުމްރާ ދަތުރެއް، ބުނެދެނީ ދުޢާގެ ބާރު

12 މާރިޗު 2026

|

އަޙުމަދު ޙަމީދު

މީހަކު ދުޢާކުރަނީ --

މުސްލިމުންގެ އެންމެ ވަރުގަދަ ހަތިޔާރަކީ ދުޢާ ކަމުގައި ޢިލްމުވެރީން ވިދާޅުވެ އެވެ. اللهތަޢާލާގެ ހަޟްރަތަށް ދެ އަތް އުފުލާލާ މުސްލިމު އަޅާ ކުރާ ދުޢާއާ ދެމެދު އެއްވެސް ހުރަހެއް ނުވެ އެވެ. ތިމާ ބޭނުން ކަމަކަށް އެކަލާންގެ ހަޟްރަތުގައި ދަންނަވަންވީ އެވެ. ތިބާ އެދޭ ކޮންމެ ކަމެކެވެ. އެކަމަށް ފަސްނުޖެހޭށެވެ. اللهއީ އެންމެ އޯގާވަންތަ އިލާހެވެ. އެ އަޅަކަށް އެންމެ ހެޔޮ ގޮތް ނިންމަވައިދެއްވާނެ އެވެ. އެއީ ޔަޤީން ކަމެކެވެ. މުސްލިމުންގެ އަޤީދާއަކީ މިއީ އެވެ.

މިއީ އެފަދަ ވާހަކަ އެކެވެ. އަޅުގަނޑުމެންގެ ތެރެއިން ދިވެއްސަކަށް ކުރެވުނު ތަޖުރިބާ އެކެވެ. ހިނގަމުން މިދާ ބަރަކާތްތެރި ރަމަޟާން މަހު އެވެ. އޭނާ ވަނީ އެ ވާހަކަތައް ސޯޝަލް މީޑިއާގައި ހިއްސާކޮށްފަ އެވެ.

އޭނާ ބުންޏެވެ. "އަހަރެންގެ ފިރިހެން ދަރިފުޅު ރަށުގައި އޮތް އިޙްޔާ ފޯރަމެއް ނިންމާފައި އައިސް ދެރަވެލާފައި ބުންޏެވެ. 'ނުލިބުނު އެއްވެސް އެއްޗެއް'. ކުޑަކުދިން އެފަދަ ދަރުސްތަކަށް ދިޔުމުގެ މައިގަނޑު މަޤްޞަދަކީ ވެސް އެއިން ހަދިޔާ އެއް ހޯދުމޭ އަހަރެންގެ ހިތަށް އެރި އެވެ. އެހެންވެ، ދެވަނަ ރޭ އަހަރެން ދަރިފުޅުގާތު ބުނީ މެވެ. ދަރިފުޅަށް އިނާމެއް ލިބޭތޯ ދުޢާ ކުރާނަމެވެ. ދަރިފުޅުވެސް ދުޢާ ކުރާށެވެ. އަބަދުވެސް އެކަލާނގެ އަށް ދުޢާކޮށް ދަންނަވާ ހެޔޮކޮށް ވިސްނާށެވެ. ދުޢާކޮށްފައި އިނާމު ލިބޭނޭ ހިތަށް އަރުވާށެވެ."

ކުއްޖާގެ މަންމަ ބުނި ގޮތުގައި އޭގެ ފަހަށް ކޮންމެ އިޙްޔާ ފޯރަމެއް ނިންމައި ގެއަށް އައިސް އިނާމު ލިބުނު ކުދިންގެ ނަންތައް ވެސް ދަރިފުޅު ދިޔައީ ކިޔައިދެމުންނެވެ.

ދަރިފުޅަށް އިނާމެއް ނުލިބުނެއް ކަމަކު ކުއްޖާގެ މަންމަ ދުޢާ ކުރަމުން ދިޔަ އެވެ. އެކަލާނގެ ހަޟްރަތަށް އެދި ދެންނެވީ އިންސާނެއްގެ ނަޒަރުގައި ކުޑަ ދުޢާއެކެވެ. އެއީ މިފަދައިންެނެވެ.

"ޔާ الله! މިއަޅާގެ ދަރިފުޅަށް އެތަނުން ހަދިޔާއެއް ލިބޭނެ ގޮތް މިންވަރު ކުރައްވާށި,"

އަދި އެކަމަށް އެދި ހިތު ނިޔަތް ގަނެ އިސްތިޣްފާރް ވެސް ކުރި އެވެ. ކަންވެގެން ދިޔައީ ކިހިނެތްކަން އެނގޭ ހެއްޔެވެ. ކުއްޖާގެ މަންމަ އިތުރަށް ކިޔައިދިނެވެ.

"ނިކަން ބައްލަވާށެވެ. އެންމެ ދީލަތި ވަންތަ އިލާހު، އަލް ކަރީމް، އަހަރެމެންގެ ދުޢާ އިޖާބަކުރެއްވީ ކޮން ފަދައަކުން ހެއްޔެވެ؟ މުޅި އިޙްޔާ ފޯރަމުގެ އެންމެ ލޮބުވެތި އަދި އަގު ބޮޑު އިނާމު ދަރިފުޅަށް ދެއްވައިގެނެވެ. އެ ދަރިފުޅަށް އެކަލާނގެ ގެކޮޅަށް ދަޢުވަތު އަރުވައިގެނެވެ. ސުބްޙާނަالله,"

އޭނާއަށް ކުރެވުނު މި ތަޖުރިބާއާ އެކު އިތުރަށް ލިޔެފައިވެ އެވެ. ދުޢާ ކުރުމުގެ މަތިވެރިކަމާއި ބާރާއި މެދު ޝައްކު ނުކުރައްޗެވެ. އަބަދުމެ އަމިއްލަ ނަފްސަށާއި ދަރީންނަށް ހެޔޮގޮތްވުން އެދި އެކަލާނގެ ހަޟްރަތުގައި ދަންނަވާށެވެ.

ކިޔުންތެރިންގެ ހިޔާލު