ENGLISH

12 މާރިޗު 2026

Advertisement

އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ސްވައިޕް ބަލައިގަންނާނެ

12 މާރިޗު 2026

|

އަޙުމަދު ޙަމީދު

ސްވައިޕް ތަޢާރަފު ކުރުމުގެ ޙަފްލާ -- ފައިލް ފޮޓޯ

ރާއްޖެއާއި ރާއްޖޭން ބޭރަށް ފަސޭހަކަމާއެކު ފައިސާގެ މުޢާމަލާތު ކުރެވޭ 100 އިންސައްތަ ދިވެހި އުފެއްދުމެއް ކަމަށްވާ ސްވައިޕް އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ބަލައިގަންނާނެ ކަމަށް ބެންކު އޮފް މޯލްޑިވްސް އިން ބުނެފި އެވެ.

ފަރުދުންނަށް އެއްވެސް ފީއަކާ ނުލައި ކޮންމެ ގައުމަކުންވެސް ފައިސާ ގެނެވޭނެ މި ޚިދުމަތަށް ވިޔަފާރިތަކުން ނަގާނީ އެއް ޕަސެންޓް ފީއެކެވެ. ވިޔަފާރިތަކުން ވަގުތުން އެކައުންޓަށް ފައިސާ ޖަމާވާނެ އެވެ.

ބެންކުން ބުނީ ސްވައިޕް އައްޑޫގެ ގާތްގަނޑަކަށް ހުރިހާ ވިޔަފާރިއަކުން މިހާރު ބަލައިގަންނާނެ ކަމަށެވެ.\

ސްވައިޕް - ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓް

ސްވައިޕްގެ ސަބަބުން ރާއްޖެ ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފަސޭހަ ވެގެންދާނެ އެވެ. ކޮންމެ ކާޑަކުން ވެސް ސްވައިޕަށް ފައިސާ ޖަމާކުރެވޭނެ އެވެ.

މި ޑިޖިޓަލް ވޮލެޓް ފަރުމާކޮށްފައިވަނީ ރާއްޖޭގެ އިތުރުން ފައިސާގެ މުއާމާލާތް ހިންގުމުގައި ކަނޑައަޅާފައިވާ ބައިނަލްއަގުވާމީ ޝަރުތުތަކާއި މިންގަނޑުތަކަށް ފުރިހަމައަށް ފެތޭ ގޮތަށެވެ.

ސްވައިޕް ވޮލެޓް މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުގެ މުއާމަލާތްތައް ކުރެވޭނެ އެވެ. އަދި ބީއެމްއެލް އެކައުންޓްތަކުގެ އިތުރުން ކޮންމެ ކްރެޑިޓް، ޑެބިޓް އަދި ޕްރިޕެއިޑް ކާޑަކުންވެސް ސްވައިޕް ވޮލެޓަށް ފައިސާ ޖަމާކުރެވޭނެ އެވެ.

ވޮލެޓުގެ މައިގަނޑު ފީޗަރތައް

ޕަރސަން-ޓުޕަރސަން ޓްރާންސްފަރތަކާއި ކިއުއާރް ޕޭމަންޓް އަދި އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސް ހިސާބުތައް އަމިއްލައަށް ބަލާލެވޭނެ ގޮތާއި، ޕޭމަންޓް ލިންކް ޝެއާކޮށް، ފަސޭހައިން ޓޮޕް އަޕްކޮށް ފައިސާ ނެގުން ފަދަ ޚިދުމަތްތައް މި ވޮލެޓްގައި ހިމެނެ އެވެ.

ބީއެމްއެލްއިން ސްވައިޕް ފަރުމާކޮށްފައިވަނީ ރާއްޖޭގެ ރެގިއުލޭޓަރީ މިންގަނޑުތަކާއި އިންޓަރނޭޝަނަލް ޕޭމަންޓް ސްޓޭންޑާޑްތަކާއި އެއްގޮތަށެވެ. އަދި، މަލްޓި-ކަރަންސީ ވޮލެޓެއްގެ ގޮތުގައި ބޭނުންކުރެވޭ ސްވައިޕް ޓޮޕްއަޕް ކުރުމަށް، ބީއެމްއެލްގެ އެކައުންޓުތަކާއި ކޮންމެ ކްރެޑިޓް އަދި ޑެބިޓް ކާޑެއްވެސް ބޭނުންކުރެވޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެ އެވެ. 

ކިޔުންތެރިންގެ ހިޔާލު