ENGLISH

15 މާރިޗު 2026

Advertisement

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީކުރަން ޖެހޭ އުސޫލެއް ހަދަނީ

12 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ޒަކާތް ހައުސްގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން. ފޮޓޯ: ޒަކާތް ހައުސް

ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހޭ ގޮތަށް ގަވާއިދެއް އެކުލަވާލުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމައިފިއެވެ.

މިކަން ހާމަކޮށްފައިވަނީ، ދައުލަތުގެ މީޑިއާގެ ޕްރޮގްރާމެއްގައި، ޒަކާތު ހައުސްގެ އެސިސްޓެންޓް ޑިރެކްޓަރު، ޖެނެރަލް މޫސާ މުއިއްޒު ވާހަކަދައްވަމުންނެވެ.

އެގޮތުން އޭނާ ވިދާޅުވީ، މީގެކުރިން ޒަކާތް ދައްކަންޖެހޭ މީހުންގެ މައުލޫމާތުތައް ބަލަހައްޓާފައި ނުވާކަމަށާއި، ކުރިން ޒަކާތް ދެއްކުން އޮތީ ފަރުދީ ޒިންމާއެއްގެ ގޮތުގައި ކަމަށެވެ. އެހެންނަމަވެސް، މިހާރު ޒަކާތުގެ ގާނޫނުގެ ދަށުން ހެދުމަށް ނިންމާފައިވާ ގަވައިދުތަކާއެކު އެކަންކަމަށް އިތުރު ބަދަލުތަކެއް އަންނާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ފަސް މަސް ދުވަހުގެ ތެރޭގައި އެ ގަވައިދުތައް އެކުލަވާލަން ޖެހެއެވެ. އަދި ޒަކާތް ދައްކަންޖެހޭ ފަރާތްތައް ރަޖިސްޓަރީ ކުރަން ޖެހޭ ގޮތަށް ހަދާ ގަވައިދު، ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގެޒެޓް ކުރެވޭނެ ކަމަށް ފާހަގަކުރައްވާފައިވެއެވެ.

ޒަކާތު ހައުސިންއިން ގެންދަނީ ޒަކާތް ހައްގުވާ މީހުންގެ ދަފްތަރުވެސް އަދާހަމަކޮށް ބަލަހައްޓަމުންނެވެ. އެގޮތުން ފަގީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެމީހެއްގެ ހާލަތު އަންގައިދޭ ފޯމްއެއް ފުރިހަމަކުރުމަށްފަހު އަހަރުގެ ކޮންމެ ދުވަހެއްގައިވެސް ހުށަހެޅޭނެއެވެ. އަދި މި ދަފްތަރު ކޮންމެ ދެއަހަރަކުން އެއްއަހަރު ރިވިިއުކުރެއެވެ.

ކިޔުންތެރިންގެ ހިޔާލު