ENGLISH
12 މާރިޗު 2026
އިދިކޮޅު ކައުންސިލުތަކުން ސިއްހީ އައުޓް-ރީޗު ޕްރޮގުރާމުތަކަށްވެސް އެއްބާރުލުން ނުދޭ: ހަލީމު
12 މާރިޗު 2026
|
މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގް ހަލީމް، ފޮޓޯ: ސަރުކާރު
އެންމެ މަޤްބޫލު
އަތޮޅު ތެރޭގައި ދިރިއުޅޭ ރައްޔިތުންނަށް ބައެއް ދާއިރާތަކުން މުހިއްމު ސިއްހީ ހިދުމަތްތައް ފޯރުކޮށްދިނުމަށް އައިޖީއެމްއެޗްއިން ކުރިއަށްގެންދާ އައުޓް-ރީޗު ޕްރޮގުރާމުތަކަށް މިހާރުވެސް ވާދަވެރި ޕާޓީގެ އަޣުލަބިއްޔަތު އޮންނަ ސަރުކާރާ އެއްކީލިނުވާ ކައުންސިލުތަކުގެ އެއްބާރުލުމާއި އެހީތެރިކަން ނުލިބޭކަމަށް މާލޭ ސިޓީ ގްރޫޕް އޮފް ހޮސްްޕިޓަލްސްގެ ސީއީއޯ އަބްދުއްރައްޒާގު ހަލީމު ވިދާޅުވެއްޖެއެވެ.
އިއްޔެ ހުޅުމާލޭ ދެކުނު ދާއިރާއަށްް ވަޑައިގެން އެ ދާއިރާގެ ގެތަކަށްް ޒިޔާރަތްކުރައްވައި ކޮންގްރެސް ޕާޓީން ލޯކަލް ކައުންސިލު އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ކުރިއަށްގެންދެވި ދޮރުން ދޮރަށް ހަރަކާތުގެ ތެރެއިން އެމްއެމްޓީވީއަށް ދެއްވި ބަސްދީގަތުމުގައި ހަލީމު ވިދާޅުވީ، މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން އިސްނަގައިގެން އަތޮޅުތަކުގެ ސަރަހައްދީ ހޮސްޕިޓާތަކުގައި ޑޮކްޓަރުންގެ ޓީމުތައް މެދުވެރިކޮށްް އައުޓް ރީޗް ޕްރޮގުރާމުތަކެއް ފާއިތުވި ދެ އަހަރު ހިންގާފައިވާނެ ކަމަށެވެ.
އަދި އެ ޕްރޮގުރާމުތަކުގައި ސަރުކާރާ އެއް ވިސްނުމެއްގައި މަސައްކަތްކުރާ ކައުންސިލުތަކުގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށް ހަލީމު ވިދާޅުވިއެވެ. އެގޮތުން ކައުންސިލުތަކުގެ ބަޖެޓުން ބައެއް ކަންްކަން ހަމަޖައްސައިދީ، މާލެއިން ދާ ޑޮކްޓަރުންނަށް ބައެއް ހިދުމަތްތައް ފޯރުކޮށްދިނުންފަދަ ކަންކަން ކައުންސިލުތަކުން އިންތިޒާމުކޮށްދީފައިވާކަން ފާހަގަކުރައްވައި ހަލީމު ވިދާޅުވީ އެ ޕްރޮގުރާމުތަކާ ގުޅޭ މައުލޫމާތު ރައްޔިތުންނަަށް ފޯރުކޮށްދިނުމުގައިވެސް އެފަދަ ކައުންސިލުތަކުން މުހިއްމު ދައުރެއް އަދާކުރި ކަމަށެވެ.
"އަޅުގަނޑުމެންނާ އެލައިންނުވާ ކައުންސިލުތަކުން އެއްވެސް މިންވަރަކަށް އޭގެ އެއްބާރުލުމެއް އަޅުގަނޑުމެންނަށް ނުވެއް ލިބޭ. އެއްބާރުލުން ނުލިބޭތާގައި އަޅުގަނޑުމެންނާ އެއްވެސް މިންވަރެއްގެ ކޮމިއުނިކޭޝަނެއް ނުހިނގާ އިނގޭތޯ،" ހަލީމު ވިދާޅުވިއެވެ.
މާލޭ ސަރަހައްދުގެ ކަންކަމަށް އަލިއަޅުވައިލައްވަމުން ހަލީމު ވިދާޅުވީ މާލެ ސަރަހައްދުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްއިން ހަތަރު ހޮސްޕިޓަލަކާއި، ބަލްޑް ސާވިސް ހިންގަމުންދާއިރު، ފާއިތުވި ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ސިޓީ ކައުންސިލާއެކު މުއާމަލާތްތަކެއް ކުރެވިފައި ނެތް ކަމަށެވެ. ޕްރައިމަރީ ހެލްތު ކެއާ ފޯރުކޮށްދިނުމުގައި ސިޓީ ކައުންސިލުތަކުގެ ދައުރެއް އޮންނަކަން ލާމަރުކަޒީ ގާނޫނުގައި ސާފުކޮށް ސަރީހަކޮށް ލިޔެފައި އޮތް ނަމަވެސް އެ މަސައްކަތުގައި މާލޭ ސިޓީ ކައުންސިލުން މިހާތަނަށް އެއްވެސް މަސައްކަތެއް ކޮށްފައި ނެތްކަން އޭނާ ފާހަގަކުރެއްވިއެވެ.
"އަޅުގަނޑުމެންގެ ރައީސުލްޖުމްހޫރިއްޔާ ކުރިން މޭޔަރުކަމުގައި ހުންނެވިއިރު އެމަނިކުފާނުގެ ތަސައްވުރެއް ކުރެހިފައި އޮތީމާ މިއަދު ޖީޕީ ކްލިނިކުތައް މިއައީ އިނގޭތޯ. ފުރަތަމަ ތަން ހުޅުވި އެހެން ތަންތަނުގެ މަސައްކަތް ކުރެވެނީ. މިކަން ކުރާއިރުވެސް ކައުންސިލުތަކުގެ އެއްބާރުލުން ލިބެންވާނެ ނޫންތޯ؟،" ހަލީމު ވިދާޅުވިއެވެ.
ހަލީމު ވިދާޅުވީ އޭނާގެ ތަޖުރިބާއަށް ބައްލަވައި، މާލެ ސިޓީގެ ކަންކަން ހަމަ މަގަށް އެޅުވުމަށްޓަކައި މާލެ ސިޓީގެ މޭޔަރުކަމަށް ކޮންގްރެސް ޕާޓީން މާލެ ސިޓީގެ މޭޔަރުކަމުގެ މަގާމަށް ވާދަކުރައްވާ މޫސާ އަލީ ޖަލީލު އިންތިހާބުކުރަންޖެހޭ ކަމަށެވެ.