ENGLISH

12 މާރިޗު 2026

Advertisement

ހޮނިހިރު ދުވަހު ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނަން ފަށަނީ

12 މާރިޗު 2026

|

އައިމިނަތު ޝަފާ

މީހަކު ޒަކާތް ދައްކަނީ: މި އަހަރުވެސް ގޮވާމުން ޒަކާތް ދެއްކޭނެ

ހޮނިހިރު ދުވަހުން ފެށިގެން ގޮވާމުން ޒަކާތް ބަލައިގަންނަން ހަމަޖެހިފައިވާ ކަމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސް އިން ބުނެފި އެވެ.

ޒަކާތު ހައުސް އިން ބުނީ އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރުވެސް ގޮވާމުގެ ބާވަތްތަކުން ފިތުރު ޒަކާތް ދެއްކުމަށް ބޭނުންވާ މީހުންނަށް އެ ފުރުސަތު އޮންނާނެ ކަމަށެވެ. ގޮވާމުން ޒަކާތް ބަލައިގަންނާނީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ. 

ފިތުރު ޒަކާތް ބަލައިގަތުމަށް ހަމަޖައްސާފައިވާ ވަގުތުތަކަށް ބަލާއިރު މިމަހުގެ 14ވަނަ ދުވަހާއި 15 ވަނަ ދުވަހުގެ ހެނދުނު 10:00 އިން 12:00 އަށް ޒަކާތް ދެއްކޭނެ އެވެ. އަދި 16 އާއި 18 ވަނަ ދުވަހު ހެނދުނު 10:00 އިން 12:00 އަށް ޒަކާތެއް ދެއްކޭނެ އެވެ. އަދި މި ދެ ދުވަހުގެ މެންދުރު ފަހު 13:00 އިން 15:00 އަށް ވެސް ޒަކާތް ދެއްކޭނެ އެވެ.

ގޮވާމުން ފިތުރު ޒަކާތް ބަލައިގަންނާނީ މާލޭގައި ހުންނަ ސެންޓަރ ފޮރ ސެކަންޑަރީ އެޑިޔުކޭޝަންގަ އެވެ. ޒަކާތުގެ ގޮތުގައި ގޮވާމުން ބަލައިގަންނާނީ ހަ ބާވަތެކެވެ.

* އާދައިގެ ހަނޑޫ

* ތައިލެންޑް ހަނޑޫ

* ބާސްމަތީ ހަނޑޫ

* ރަތް ހަނޑޫ

* ގޮދަން ފުށް

* އާޓާ ފުށް

ފިތުރު ޒަކާތުގެ ގޮތުގަައި ދައްކާނީ އެބަޔަކު ޢާންމުކޮށް ކެއުމަށް ބޭނުންކުރާ ގޮވާމުގެ ބާވަތަކުން ބޮލަކަށް 2.4 ކިލޯގެ މިންވަރެވެ.

ކިޔުންތެރިންގެ ހިޔާލު