ENGLISH
12 މާރިޗު 2026
ބީއެމްއެލްގެ ޑިޖިޓަލް ވޮލެޓު އައްޑޫއަށް، ހުރިހާ ވިޔަފާރިއަކުންހެން "ސްވައިޕް"ގެ ހިދުމަތް ބޭނުންކުރާނެ
12 މާރިޗު 2026
|
އައްޑޫ ސިޓީގައި ސްވައިޕް ވޮލެޓުގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
އެންމެ މަޤްބޫލު
ބޭންކް އޮފް މޯލްޑިވްސްއިން ތައާރަފުކޮށްފައިވާ ގިނަ ފައިސާ ބޭނުންކުރެވޭ ޑިޖިޓަލް ވޮލެޓު "ސްވައިޕް" އައްޑޫ ސިޓީއަށް ތައާރަފުކޮށްފިއެވެ.
ޑިސެންބަރު މަހުގައި ބީޓާ ޓެސްޓުކުރަން ފެށި ސްވައިޕަކީ މިހާރު ވިޒިޓް މޯލްޑިވްސްގެ ރަސްމީ ވޮލެޓެވެ. ޖަރުމަންވިލާތުގައި ބޭއްވި އަައިޓީބީ ފެއާގެ ތެރޭގައި ވިޒިޓް މޯލްޑިވްސްއިންވަނީ ފަތުރުވެރިންނަަށް ބޭނުންކުރެވޭ މަންސައެއްގެ ގޮތުގައި "ސްވައިޕް" ތައާރަފުކޮށްފައެވެ.
ރާއްޖޭގައި ވަކި ސަރަހައްދަކަށް އަމާޒުކޮށްގެން ސްވައިޕްްގެ ހިދުމަތް ފަށާ ފުރަތަމަ ސަރަހައްދަކީ އައްޑޫ ސިޓީއެވެ. އައްޑޫ ސިޓީގައި ސްވައިޕުގެ ހިދުމަތް ތައާރަފުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތް އައްޑޫގައި އިފުތިތާހުކޮށްދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިހުސާނެވެ.
އެ ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރ މުހައްމަދު ޝަރީފު ވިދާޅުވި ގޮތުގައި، ސްވައިޕް ފަަދަ ހިދުމަތްތަކަކީ ރާއްޖެ ޑިޖިޓަލް އާ ޒަމާނަކަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އިސްނެންގެވުމަށް ދައުލަތުގެ ހުރިހާ އިދާރާއެއް ގުޅިގެން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ތައާރަފުކުރެވެމުންދާ ހިދުމަތްތައް ކަމަށެވެ.
ޝަރީފު ވިދާޅުވި ގޮތުގައި ދުނިޔެ ބަވަނަވެ، އިގުތިސާދީ ގިނަ ހަރަކާތްތަކެއް ޑިޖިޓައިޒްވަމުންދާއިރު، އިތުބާރު އޮންނަ ހަރުދަނާ ޕޭމަންޓް ނިޒާމެއް ގާއިމުވެފައި އޮތުމަކީ ވަރަށް މުހިއްމު ކަމެކެވެ. އަދި "ސްވައިޕް" ވޮލެޓަކީ އެންމެ ޒަމާނީ ހިދުމަތްތައް ލިބޭ ފެންވަރު ރަނގަޅު ވޮލެޓެއްކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ އެ ވޮލެޓަކީ މި ސަރަހައްދުގެ އެންމެ ފެންވަރު ރަނގަޅު ޑިޖިޓަލް ހިދުމަތެއް ފޯރުކޮށްދޭ ބޭންކަށްވުމަށް ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގައި ކުރިއަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށެވެ.
"ޤައުމީ ބޭންކުގެ ހައިސިއްޔަތުން، އަޅުގަނޑުމެންގެ މެންޑޭޓަކީ މިފަދަ މާލީ ޚިދުމަތްތަކާއެކު ދިވެހި ރައްޔިތުންގެ އިޤްތިސާދީ އަދި އިޖުތިމާޢީ ދުޅަހެޔޮކަމަށް އެހީތެރިވުން. ޤައުމީ މަސްލަޙަތު އޮންނަ މުހިންމު ކަންތައްތަކަށް އިސްލާޙީ ބަދަލުތައް ގެންނަމުން އަންނަނީ، އެއީ ރައްޔިތުންގެ ފަރާތުން އަންނަ ބޭނުންތަކަށް ވާތީކަން އަޅުގަނޑުމެން އެންމެންވެސް ޤަބޫލުކުރައްވާނެ. ބޭންކުގެ ދައުރަކީ އެ ބޭނުމަށް އަމާޒުކޮށް، ވިޔަފާރީގެ ގޮތުން ދެމެހެއްޓެނިވި އަދި ޒިންމާދާރު ޕްރޮޑަކްޓްތައް ފަރުމާކުރާ މާލީ އިންޖީނެއްގެ ގޮތުގައި ހަރަކާތްތެރިވުން. އެހެންކަމުން، އަޅުގަނޑުމެން މިދިޔަ އަހަރެއްހާ ދުވަސްތެރޭ ގެނައި ހެޔޮ ބަދަލުތަކަކީ، ޤައުމީ ފެންވަރުގެ ސިޔާސަތުން ފާހަގަކޮށްފައިވާ، މާކެޓުގެ ބޭނުންތަކަށާއި މުޖުތަމަޢުގެ މިހާރު މިއޮތް ހާލަތަށް ސީދާ އަމާޒުކޮށްގެން އެކަމަށް ޤައުމީ ބޭންކުގެ ހައިސިއްޔަތުންދޭ އިޖާބައެއް،" ސީއީއޯ ވިދާޅުވިއެވެ.
ޝަރީފު ވިދާޅުވީ ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަން އޮތް ގަައުމަކަށްވާތީ، ރާއްޖެއަށް އަންނަ ފަތުރުވެރިންނަށް އަމާޒުކޮށް ތައާރަފުކުރި "ސްވަައިޕް"އަކީ އެންމެ މަތީ ފަންތީގެ ހިދުމަތް ފޯރުކޮށްދިނުމުގެ އަމާޒުގައި ފަރުމާކޮށްފައިވާ ވޮލެޓެއް ކަމަށެވެ. މިހާރު ރާއްޖެއަށް އަންނަ ފަތުރުވެރިން މުއާމަލާތްތަކުގައި ބޭނުންކުރާ ވޮލެޓުތަކާއި ކްރެޑިޓް ކާޑުތަކުން 2.5 އިންސައްތަައިން މަތީގެ ކޮމިޝަނެއް ނަގަމުންދާކަން ފާހަގަކުރައްވަމުން ޝަރީފު ވިދާޅުވީ ސްވައިޕް މެދުވެރިކޮށް ކުރާ މުއާމަލާތްތަކުން ކޮމިޝަނުގެ ގޮތުގައި ނަގާނީ އެންމެ އިންސައްތައެއް ކަމަށެވެ.
ސްވައިޕް ވޮލެޓުގައި ހިމެނޭ ކިއުއާރް ކޯޑުގެ ހިދުމަތް ބޭނުންކޮށްގެން ރާއްޖޭގެ ކޮންމެ ހިސާބެއްގަައި ހުރެ ފަސޭހަކަމާއި ރައްކާތެރިކަމާއެކު ކޮންޓެކްޓްލެސްކޮށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެއެވެ. ކަސްޓަމަރުންނަށް ސްވައިޕް މެދުވެރިކޮށް ވަގުތުން ފައިސާ ފޮނުވުމާއި، ދުނިޔޭގެ ކޮންމެ ޤައުމަކުންވެސް އެމީހުންގެ މަލްޓި-ކަރަންސީ އެކައުންޓަށް ފައިސާ ލިބިގަތުމުގެ އިތުރުން އެކައުންޓުން ކުރާ ޚަރަދުތަކުގެ ތަފާސްހިސާބުތައް އަމިއްލައަށްވެސް ބަލާލެވޭނެއެވެ.
އަދި ސްވައިޕްގެ އެކައުންޓަށް ފައިސާ ޖަމާކުރުމަށް ދުނިޔޭގެ ކޮންމެ ބޭންކަކުން ދޫކޮށްފަައިވާ ޑެބިޓް އަދި ކްރެޑިޓް ކާޑުތަކުގެ ބޭނުންކުރެވޭނެއެވެ.