ENGLISH

12 މާރިޗު 2026

Advertisement

އައު ބަދަލާއެކު ފަރުވާއަށް މާލެ އަންނަން ޖެހޭ މީހުންނަށްވެސް ފްލެޓަށް ހުށައެޅޭނެ

12 މާރިޗު 2026

|

އަޙުމަދު ޙަމީދު

އެންމެ ފަހުން ދޫކުރި ފްލެޓްތައް --

މާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ފުލެޓު ދޫކުރުމުގެ އުސޫލުގެ ދަށުން ޚާއްޞަ އިސްކަންދޭ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" ގެ ޝަރުޠުތައް ގެނައި ބަދަލާއެކު ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅެމުގެ ފުރުޞަތު ތަނަވަސް ވެއްޖެ އެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ "އާޢިލީ ބޯހިޔާވަހިކަން" ޕުރޮގުރާމުގެ "ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ކެޓަގަރީ" އަށް ވަކިން އެޕްލިކޭޝަން ހުށަހެޅޭގޮތަށް ވަނީ ބަދަލު ގެނެސްފަ އެވެ.

ގެނައި ބަދަލުތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ މާލޭގައި އެ ފަރާތުން ދިރިއުޅެފައިވާން ޖެހޭނެ މުއްދަތު ކުރުކުރުމާއެކު އެ ފަރާތެއްގެ ހުރި ނުކުޅެދުންތެރިކަމަކަށް މާލެއިން ޙިދުމަތް ހޯދަން އަންނަންޖެހޭ ފަރާތްތަކާއި ޙިދުމަތް ހޯދުމަށްޓަކައި މާލެއަށް ބަދަލުވެފައިވާ ފަރާތްތަކަށް އެޕްލައިކުރުމުގެ ފުރުޞަތު ދިނުމަށެވެ.

އުސޫލުގައި ހިމެނޭ މައިގަނޑު ކަންކަމުގެ ތެރޭގައި ޝަރުޠުތައް ކަނޑައެޅުމާއި އެޕްލިކޭޝަން ހުށަހެޅޭނެގޮތް ބަޔާންކުރުމާއި މާކުސް ދިނުމުގައި އަމަލުކުރާނެ ގޮތް ކަނޑައެޅުމާއި ހައުސިންގ ޔުނިޓު ކަނޑައަޅާނެ ގޮތް ބަޔާންކުރުމެވެ.

މި ބަދަލާއެކު ޢާންމުންނަށް ލިބިދޭނެ ފައިދާއަކީ މާލޭގައި މެދުނުކެނޑި ފަސް އަހަރު ދިރިއުޅެފައިވާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅުމުގެ ފުރުޞަތު ލިބުމެވެ. އަދި ނުކުޅެދުންތެރިކަމަށް ހޯދަންޖެހޭ ފަރުވާގެ ސަބަބުން މާލެ ބަދަލުވެފައިވާނަމަ ނުވަތަ ރަށުން އެފަރުވާ ލިބެން ނުހުންނާތީ މާލެ އަންނަންޖެހޭ ފަރާތްތަކަށްވެސް ފުލެޓަށް އެދި ހުށަހެޅެމުގެ ފުރުޞަތު ލިބުމެވެ.

ކިޔުންތެރިންގެ ހިޔާލު