ENGLISH
11 މާރިޗު 2026
އެމްޑީޕީއަށް ވައުދު ނުފުއްދެނީ އެތެރޭގެ ކޯޅުމާ ހެދި: އަލީ އާރިފް
11 މާރިޗު 2026
|
ރައީސް އޮފީހުގެ މިނިސްޓަރ އަލީ އާރިފު، ފޮޓޯ: ރައީސް އޮފީސް
އެންމެ މަޤްބޫލު
ވޭތުވެދިޔަ އެމްޑީޕީގެ ދެ ވެރިކަމުގައި ވެސް ރައްޔިތުންނަށް ވީ ވައުދުތައް މެންޑޭޓާ އެއްގޮަށް ނުފުއްދުނީ ޕާޓީގެ އެތެރޭގެ ކޯޅުމާ ހެދި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފު ވިދާޅުވެއްޖެ އެވެ.
ސަރުކާރު ހިންގާ ކޮންގްރެސް ޕާޓީގެ ފަރާތުން މާލެ ސިޓީގެ މާފަންނު އުތުރު ދާއިރާގައި ކުރިއަށްގެންދިޔަ ދޮރުން ދޮރަށް ހަރަކާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުގައި ބައިވެރިވެވަޑައިގެން، އެ ސަރަހައްދުގައި ހުންނަވައި އެމްއެމްޓީވީއަށް ދެއްވި ބަސްދީގަަތުމެއްގައި އަލީ އާރިފު ވިދާޅުވީ މިއަދު ރާއްޖޭގެ ސިޔާސީ މަސްރަހުގައި ޒިންމާދާރު އިދިކޮޅު ސިޔާސީ ޕާޓީއެއް ނެތް ކަމަށެވެ.
ވާދަވެރި އެމްޑީޕީއަކީ ވެސް އޭގެ ޒާތުގައި ރަނގަޅު ޕާޓީއެއް ނަމަވެސް އެ ޕާޓީގެ ތެރެއިން މިއަދު ފެންނަނީ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ދެމެދުގައިވާ ޒާތީ ހަސަދަކަމަށް ވިދާޅުވިއެވެ.
"ހަގީގަތުގައި މީގެ ކުރިން އެބޭފުޅުންނާ ރައްޔިތުން ހަވާލުކުރެއްވި އެއްވެސް މެންޑޭޓެއް ހާސިލުނުކުރެވި ވަނީ ވެސް އެތެރޭގެ އެކަކު އަނެކަކު ކާކުތޯ ބޮޑަށް ކާނީ ކާކުތޯ ބޮޑު ބާރު ނަގާނީ މި ސަކަރާތެއްގައި އުޅެން ހަދައިގެން. ޑިމޮކްރަސީއެއްގައި ވިއްޔާ ޒިންމާދާރު އިދިކޮޅު ޕާޓީއެއް އޮންނަންވާނެ އެ ޕާޓީތައް ވާންޖެހޭނެ ހަރުދަނާ ޒިންމާދާރު ބަޔަކަށް. " - ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރު އަލީ އާރިފު
އިދިކޮޅުގައި މިއަދު ހަރަކާތްތެރިވާ ޕީއެންއެފަކީ ވެސް އަދި އެމްޑީޕީއަކީވެސް ރައްޔިތުންނަށް ހިދުމަތެއް ކުރެވޭ ހާލަތުގައި އޮތް ޕާޓީތަކެއް ނޫންކަމަށް އަލީ އާރިފު ވަނީ ވިދާޅުވެފަ އެވެ.
ވެރިކަމަށް އައުމަށް 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދާތީ އެވައުދުތައް ފުއްދުމަށް ގޮވާލައި 2023 ވަނަ އަހަރު މަޖިލީހަށް ގަރާރެއް ވެސް ހުށަހެޅުނެވެ.
ދެ ހާސް ތޭވީހުގައި ރައީސް ސާލިހުގެ ވެރިކަން ނިމިގެންދިޔައިރުވެސް އެ ސަރުކާރުން ރައްޔިތުންނަށް ވީ ގިނަ ވައުދު ހުރީ ނުފުއްދަ އެވެ.