ENGLISH

11 މާރިޗު 2026

Advertisement

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމީހުންގެ ބަންދަށް 31 ދުވަސް އިތުރުކޮށްފި

11 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ރާއްޖެއަށް މަސްތުވާތަކެތި އެތެެރެކުރަން އުޅުނު އިންޑިއާ ދެމީހުން. ފޮޓޯ: ޕޮލިސް މީޑިއާ

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެމީހުންގެ ބަންދަށް ކްރިމިނަލް ކޯޓުން 31 ދުވަސް އިތުރުކޮށްފިއެވެ.

މި މައްސަލާގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން މި މަހުގެ ކުރީކޮޅު ހައްޔަރުކޮށްފައިވާ، ޖައިނަބު ވާޖިދު އަލީ (25އ) އާއި މުހައްމަދު ނަވާޒް ދަޔަތަރު (21އ) ހައްޔަރުކޮށް، އެ ދެ މީހުންގެ ބަންދަށް ފުރަތަމަ ޖެހީ ފަސް ދުވަހެވެ.

ބަންދުގެ މުއްދަތު ހަމަވުމުން އިއްޔެ އަނެއްކާވެސް ކްރިމިނަލް ކޯޓުން ވަނީ އެ ދެމީހުންގެ ބަންދަށް އެއް މަސް ދުވަސް (31 ދުވަސް) ޖަހާފައެވެ. އަދި އެ މުއްދަތުގައި ކަސްޓޯޑިއަލް ޖަލެއްގައި ބެހެއްޓުމަށް އަމުރުކޮށްފައިވެއެވެ.

އެ ދެމީހުންގެ މައްޗަށް ކުރެވިފައިވަނީ ކިލޯއަކަށްވުރެ ގިނަ މަސްތުވާތަކެތި ރާއްޖެ އެތެރެކުރި ކަމުގެ ތުހުމަތެވެ. އެގޮތުން ކޯޓު އަމުރުގައި ވަނީ އެމީހުން ގެނައި ދެ ލަޖެގުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ތިން ފުޅި ފެނިފައިވާ ކަމަށް ފުލުހުން ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ ތަކެތީގެ ވަގުތީ ބަރުދަނުގައި 1.834 ގްރާމް ހަޝިޝް އޮއިލް ހުރި ކަމަށް ފުލުހުން ވިދާޅުވެފައިވެއެވެ.

މީގެ އިތުރަށް އެމީހުުންނާ ސުވާލު ކުރުމުން އެ ލަގެޖުގައި މަސްތުވާތަކެތި ހުރިކަން ނޭނގޭ ކަމަށްވެސް ބުނި ކަމަށް ކޯޓު އަމުރުގައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު