ENGLISH

11 މާރިޗު 2026

Advertisement

އައްޑޫގެ ފަޅު ގޯއްޗެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި

11 މާރިޗު 2026

|

ފާތުމަތު އަދާ

އަލިފާނުގެ ހާދިސާ ހިނގި ސަރަހައްދު/ފޮޓޯ:އެމްއެންޑީއެފް

އައްޑޫ ސިޓީ ހިތަދޫގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ރޯވި އަލިފާންގަނޑު ގައުމީ ދިފާއީ ބާރގެ ފަޔާ އެންޑް ރެސްކިއު ޑިވިޝަންއިން ކޮންޓުރޯލުކޮށްފިއެވެ. 

އެމްއެންޑީއެފްއިން އާއްމުކުރި މައުލޫމާތުގައި ބުނީ، އަލިފާނުގެ ހާދިސާ ހިނގީ އައްޑޫ ސިޓީ، ހިތަދޫގައި ހުންނަ ޝީޝާގެ ފިހާރަ ކައިރީ އޮންނަ ފަޅު ގޯއްޗެއްގައި ކަމަށެވެ. 

މި ހާދިސާ މެދުވެރިވީ އެ ފަޅުގޯތީގައި ހުރި ކުނިތަކެއްގައި ރޯވެގެން ކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ. 

ފަޅުގޯތީގައި ރޯވި އަލިފާންގަނޑު އެމްއެންޑީއެފްގެ ސަދަން އޭރިއާ ކޮމާންޑް، ހިތަދޫ ފަޔަރ ސްޓޭޝަނުން ވަނީ ނިއްވާލައިފފައެވެ.

މި ހާދިސާގެ މައުލޫމާތު އެމްއެންޑީއެފްއަށް ލިބުނީ ރޭ 23:00 ހާއިރުއެވެ. މައުލޫމާތު ލިބުމާއެކު ހިތަދޫ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން  ވަނީ އެ ސަރަހައްދަށް ގޮސްފައިވެއެވެ. މިގޮތުން ފަޔަރ ފައިޓަރުން ކުރި މަސައްކަތުން ފަޅުގޯތީގައި ރޯވި އަލިފާން ނިއްވާލެވުނީ 23:13 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުނެފައިވެއެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ ރިޕޯޓު ލިބިފައި ނުވާކަމަށް އެމްއެންޑީއެފްއން ބުންޏެވެ. 

ކިޔުންތެރިންގެ ހިޔާލު