ENGLISH

11 މާރިޗު 2026

Advertisement

ފަސްޓް ލޭޑީ، ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވައިފި

10 މާރިޗު 2026

|

އަޙުމަދު ޙަމީދު

ފަސްޓް ލޭޑީ، ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ހުޅުއްވައިދެއްވުން --

ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބަށް ތައްޔާރުވުމުގެ ގޮތުން، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް ޕާޓީ (ކޮންގްރެސް) ޕާޓީގެ ހުޅުމާލެ މެދު ދާއިރާގެ ކެމްޕޭން ޖަގަހަ ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ހުޅުއްވައިދެއްވައިފިއެވެ. 

ހުޅުމާލެ މެދު ދާއިރާގެ ޖަގަހަ ހުޅުވީ މިރޭ ހުޅުމާލޭގައި އޮތް ޚާއްސަ ޙަފްލާއެއްގަ އެވެ.

ޖަގަހަ ހުޅުއްވައިދެއްވުމުގެ ޙަފްލާގައި، ފަސްޓް ލޭޑީގެ އަރިހުގައި ކޮންގްރެސް ޕާޓީގެ ޕީޖީ ލީޑަރު އަދި މިފަހަރުގެ ކެމްޕޭންގެ އެ ޕާޓީގެ ކެމްޕޭން މެނޭޖަރު އިބްރާހީމް ފަލާޙް އާއި ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ. 

އަދި ކޮންގްރެސް ޕާޓީގެ ފަރާތުން މާލޭ ސިޓީގެ މޭޔަރުކަމުގެ މަޤާމަށް ވާދަކުރައް މޫސާ ޢަލީ ޖަލީލް އާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގެ ރައީސާ ކަމަށް ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ އިތުރުން ހުޅުމާލެ މެދު ދާއިރާގެ ކެންޑިޑޭޓުން ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އަންނަ އޭޕްރީލް މަހުގެ ހަތަރުވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ކައުންސިލް އިންތިޚާބަށް އެންމެ ގިނަ ކެންޑިޑޭޓުން ނެރެނީ ކޮންގްރެސް ޕާޓީންނެވެ. އެ ޕާޓީން ދަނީ މުޅި ރާއްޖޭގައި ޚާއްސަކޮށް ވެރިރަށް, މާލޭގައި ވަަރަށް ފުޅާ ދާއިރާއެއްގައި ކެމްޕެއިން ހިންގަމުންނެވެ.

އެގޮތުން ކޮންގްރެސް ޕާޓީގެ ރައީސް/ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންދަވަނީ މާލޭގެ އެކި އަވަށްތަކުގައި ދޮރުން ދޮރަށް ހިންގެވުމުގެ ހަރަކާތްތައް ކުރިއަށް ގެންދަވަމުންނެވެ. އަދި ކޮންމެ ރެއަކުހެން މާލެ ސިޓީގައި ކެމްޕެއިން ޖަގަހަތައް ހުޅުވުމުގެ ހަރަކާތްތައް ހިންގަ އެވެ.

މުޅި ރާއްޖޭގައިވެސް ކޮންގްރެސްގެ ކެމްޕެއިން ވަރަށް ފޯރީގައި އެބަ ކުރިއަށް ދެ އެވެ. 

ކިޔުންތެރިންގެ ހިޔާލު