ENGLISH
11 މާރިޗު 2026
ދެ އިންތިޚާބު އެއް ދުވަހެއްގައި ބާއްވަން ސިޔާމްގެ އެމްޑީއޭއިން ތާޢީދުކޮށްފި
10 މާރިޗު 2026
|
އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު --
އެންމެ މަޤްބޫލު
ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ފުރިހަމައަށް ތާޢީދު ކުރާ ކަމަށް މަޝްހޫރު ވިޔަފާރިވެރިޔާ އަޙްމަދު ސިޔާމް މުޙައްމަދުގެ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ބުނެފި އެވެ.
އެ ޕާޓީން މިއަދު ވަނީ އެކަން ހާމަކޮށް ބަޔާނެއް ނެރެފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ނިންމުމަށް ތާޢީދުކުރާ ސަބަބުތައް ވެސް ވަނީ ސާފުކޮށްދީފަ އެވެ.
އެމްޑީއޭ އިން ބުނި ގޮތުގައި ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަކީ ރާއްޖޭގެ އިޤްތިސާދީ ޙާލަތާއި، ޤައުމުގެ ސުލްހަމަސަލަސްކަމަށް ރިޢާޔަތްކުރާއިރު، ދިވެހި ދައުލަތަށާއި، ރައްޔިތުންނަށް އެންމެ ފައިދާހުރި ގޮތެވެ. އަދި އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަކީ ދައުލަތުގެ ޚަރަދުތައް ކުޑަކުރުމަށާއި ދަރަނި މެނޭޖްކުރަން ލިބޭނެ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރުން ބުނާ ބުނުމަށް ފުރިހަމައަށް ތާޢީދު ކުރާ ކަމަށެވެ.
ޚާއްސަކޮށް މިއީ ދިވެހި ޤައުމުގެ ކުރިމަގަށް އަޅާ ހަރުދަނާ/ރަނގަޅު ފިޔަވަޅެއްގެ ގޮތުގައި ދެކޭ ކަމަށް ވެސް ބުނެފައިވެ އެވެ. އެހެން ކަމުން އެ ޕާޓީން ވަނީ ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގެ ބޭއްވުމަށް ސަރުކާރުން ގެންގުޅޭ ވިސްނުމަށް މަރުޙަބާ ކިޔާފަ އެވެ.
ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމަށް ޤާނޫނު އަސާސީއަށް ވަނީ އިސްލާޙު ގެނެސްފަ އެވެ. އެ އިސްލާޙު ތަސްދީޤު ކުރެއްވުމުގެ ކުރީން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް އަންނަ މަހުގެ ހަތަރުވަނަ ދުވަހު ކުރިއަށް ގެންދަން ވަނީ ތާވަލު ކޮށްފަ އެވެ.
އެ ވޯޓްގައި "ފެންނަ" ކަމަށް ވޯޓްލާން ސަަރުކާރު ހިންގާ ޕީއެންސީއާ ޖުމްހޫރީ ޕާޓީން ވަނީ އެދިފަ އެވެ. ކުރީގެ ވިސްނުން ބަދަލުކޮށް އެމްޑީޕީން ވަނީ އެ ވޯޓާއި ކުއްލިގޮތަކަށް ދެކޮޅު ހަދާފަ އެވެ. އަދި އެ ވޯޓްގެ ޙަޤީޤަތް އޮޅޭ ގޮތަށް ދަނީ އެކި ވާހަކަތައް ފަތުރަމުންނެވެ.
އެމްޑީޕީގެ ކުރީގެ ދެ ރައީސުން ކަމަށްވާ އިބްރާހިމް މުޙައްމަދު ސޯލިހާއި މުޙައްމަދު ނަޝީދަކީ ވެސް އިންތިޚާބުތައް އެއް ދުވަހެއްގައި ބޭއްވުމަށް ތާޢީދު ކުރައްވާ ކުރީން ވާހަކަ ދައްކަވާފައިވާ ދެ ބޭފުޅުންނެވެ. މި ފަހަރުވެސް ނަޝީދު ފުރަތަމަ ވިދާޅުވީ އެގޮތަށެވެ. ނަަމަވެސް އެމްޑީޕީން އެ ވޯޓަށް ދެކޮޅު ހެދުމުން ފަހުން ނިންމުން ބަދަލުކުރެއްވީ އެވެ.