ENGLISH
11 މާރިޗު 2026
ސަރުކާރުން ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުން އެމްޕީއެލްއާ ހަވާލުކޮށްފި
10 މާރިޗު 2026
|
އެމްބިއުލާންސްތައް ބަލަހައްޓައި މަރާމާތުކުރުން އެމްޕީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން
އެންމެ މަޤްބޫލު
ރަށްރަށުގައި އެމްބިއުލާންސް ނެތިވުމުގެ މައްސަލަ ހައްލުކުރުމުގެ ގޮތުން ސަަރުކާރުން ހިންގަމުންދާ މަޝްރޫއުގެ ތެރެއިން ގެންނަ އެމްބިއުލާންސްތައް ބަލަހައްޓައި މަރާމާތުކުރުމުގެ މަސައްކަތް މޯލްޑިވްސް ޕޯޓްސް ލިމިޓެޑްއާ ހަވާލުކޮށްފިއެވެ.
ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، ސަރުކާރުން ސިއްހީ ހިދުމަތް ފޯރުކޮށްދޭ މަރުކަޒުތަކުަގއި ބޭނުންކުރުމަށް ގެންނަ އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމާ ގުޅޭ އެއްބަސްވުމުގައި ހެލްތު މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެ މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އިސްމާއީލް އަބްދުﷲއެވެ. އަދި އެމްޕީއެލްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ޑެޕިއުޓީ ސީއީއޯ މުހައްމަދު މުއީނެވެ.
ފާއިތުވި ހަފުތާގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމު ވިދާޅުވެފައިވަނީ އެމްބިއުލާންސްތައް ގެނެސް ރަށްރަށަށް ފޮނުވި ނަމަވެސް އެތަކެތި ބެލެހެއްޓޭނެ އިންތިޒާމެއް ހަމަޖެހިފައި ނެތުމުގެ ސަބަބުން ވަރަށް ގިނަ ފަހަރަށް ތަކެތި ހަލާކުވެގެން އަލުން ގެންނަންޖެހޭ ކަމަށެވެ.
އަދި މިހާރު ބައެއް ރަށްރަށުގައި ބޭނުންކުރާ އެމްބިއުލާންސްތައްވެސް ހުރީ ވަރަށް ބޮޑަށް ހަލާކުވެ ބޭނުންނުހިފޭ މިންވަރަށް ވީރާނާވެފައި ކަމަށްވެސް ނާޒިމު ވިދާޅުވިއެވެ.
މި ސަރުކާރުން ސިއްހީ ދާއިރާ ބިނާކުރުމުގައި ގެންގުޅޭ ވިސްނުމަކީ ވަސީލަތްތައް ފޯރުކޮށްދިނުމާއެކު، ދެމެހެއްޓެނެވި ގޮތެއްގައި އެ ވަސީލަތްތައް ބެލެހެއްޓޭނެ އިންތިޒާމުތައް ހަމަޖެއްސުންކަން ފާހަގަކުރައްވަމުން ނާޒިމު ވިދާޅުވީ ސަރުކާރުގެ ވިސްނުމަކީ އަލަށް ގެނެވޭ އެމްބިއުލާންސްތައް ބެލެހެއްޓުން ކުންފުންޏަކާ ހަވާލުކޮށްގެން ނިޒާމެއްގެ ތެރެެއިން ދެމެހެއްޓެނެވި ގޮތަކަށް އެތަކެތި ބެލެހެއްޓުން ކަމަށެވެ.
މިހާރުވެސް ގިނަ ރަށްތަކަކަށް އައު އެމްބިއުލާންސް ފޯރުކޮށްދީފައިވާއިރު އިއްޔެ ބޭއްވި ރަސްމިއްޔާތެއްގައި އިތުރު 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފައިވެއެވެ. ފާއިތުވި ޖަނަވަރީ މަހު ހެލްތު މިނިސްޓްރީންވަނީ 56 ރަށަކަށް އެމްބިއުލާންސް ހަވާލކޮށްފައެވެ. އަދި ކުރިއަށް އޮތް މަސްތަކުގައި އިތުރު ބައެއް ރަށްރަށަށް އެމްބިއުލާންސް ހަވާލުކުރާނެއެވެ.