ENGLISH
10 މާރިޗު 2026
މަންދު ކޮލެޖަށް ބަދަލުގެ ގޮތުގައި 19.7 މިލިއަން ދިން، އިތުރަށް ހޯދަން ހުށައަޅާފައިވާ 498 މިލިއަން ދޭކަށް ނުޖެހޭ: އޮޑިޓް
10 މާރިޗު 2026
|
އެމްއީއެސް ހިންގި އިމާރާތުގައި މަންދު ކޮލެޖް ހިންގި ދުވަސްވަރު -- ފޮޓޯ: ސަން
އެންމެ މަޤްބޫލު
މާލޭ އިންގްލިޝް ސުކޫލް (އެމްއީއެސް) ހިންގި އިމާރާތުން މަންދު ކޮލެޖު ނެރުމުން ބަދަލުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށާ އެއްބަސްވުން އުވާލުމުން ލިބިފައިވާ ކަމަށް ބުނާ ނުސީދާ ގެއްލުމުގެ ބަދަލަށް އިތުރަށް ހޯދަން ހުށައަޅާފައިވާ 498 މިލިއަން ދޭން ޖެހޭނެ ކަމަށް ނުދެކޭ ކަމަށް އޮޑިޓް އޮފީހުން ބުނެފި އެވެ.
އެ އޮފީހުން މިހެން ބުނެފައިވަނީ އެމްއީއެސް ހިންގި އިމާރާތުގައި އިންޓަނޭޝަނަލް ސުކޫލެއް ހިންގުމަށް ވެފައިވާ އެއްބަސްވުން އެޑިއުކޭޝަން މިނިސްޓްރީން އުވާލުމާއި ގުޅިިގެން ބަދަލު ހޯދުމަށް ހުށައަޅާފައިވާ ގެއްލުމުގެ ބަދަލާގުޅޭ އެސެސްމަންޓް ރިޕޯޓްގަ އެެވެ.
އޮޑިޓް ރިޕޯޓްގައިވާ ގޮތުން އަރަބިއްޔާ ސުކޫލު ހިންގުން ވަގުތީ ގޮތުން އެމްއީއެސް އިމާރާތަށް ބަދަލުކުރުމަށްޓަކައި މަންދު ކޮލެޖަށް 286,819 ރުފިޔާ ވަނީ ދީފަ އެވެ. އަދި އަރަބިއްޔާ ހިންގުމަށް ދޫކުރި ބައިތައް ހުސްކުުރމުން އެ ސުކޫލުން ބޭނުންކުރި ބައިތައް މަރާމާތު ކުރުމަށްވެސް 264,300 ރުފިޔާ ވަނީ ދޫކޮށްފަ އެެވެ.
އެމްއީއެސްގެ އިމާރާތުގެ ކަރަންޓާއި ގުޅުންހުރި މަރާމާތުގެ މަސައްކަތުގެ ޚަރަަދަށް 451,189 ރުފިޔާ ވެސް ވަނީ ދޫކޮށްފަ އެވެ.
އަދި އެއްބަސްވެފައިވާ މުއްދަތަށް އަރަބިއްޔާ ސުކޫލު ހިންގުމަށް އެމްއީއެސްގެ އިމާރާތުން ދޫކޮށްފައިވާ ބައިތައް ހުސްކޮށްފައި ނުވުމުން ގެއްލުމުގެ ބަދަލުގެގޮތުގައި ސިވިލް ކޯޓު ހުކުމާއި އެއްގޮތަށް 3,480,000 ރުފިޔާ ވަނީ ދޫކޮށްފަ އެވެ. އެއީ އޯގަސްޓް 29, 2019 ގަ އެވެ.
އަދި އެމްއީއެސް އިމާރާތުގެ އެއްބަސްވުން އުވާލުމާއި ގުޅިގެން މަންދު ކޮލެޖްގެ ކިޔެވުމުން ވަގުތުން ކުރިއަށް ގެންދިއުމަށްޓަކައި ތަނެއް ހޯދާ ކުލި ދެއްކުމަށާއި ތަން ހިންގުމަށް އާލާތްތައް ހޯދުމަށް 2021 ވަނަ އަހަރުގެ މާޗް މަހުގެ ނިޔަލަށް ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި ސިވިލް ކޯޓުގެ ހުކުމައި އެއްގޮތަށް ވަނީ 15,012,500 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ. އެހެން ކަމުން އެމްއީއެސް ހިންގި އިމާރާތުގެ އެއްބަސްވުމާއި ގުޅުންހުރި އެކި ކަންކަމާއި ގުޅިގެން މަންދުކޮލެޖަށް ވަނީ 19,709,808 މިލިއަން ރުފިޔާ ދޫކޮށްފަ އެވެ.
މަންދުން ވަނީ އޭގެ ފަހުން ނުސީދާ ގެއްލުމުގެ ބަދަލުގެ ގޮތުގައި 498,883,522 މިިލިއަން ރުފިޔާ ހޯދަން އެދިފަ އެވެ. މިއީ މަންދު ކޮލެޖް ހިންގައިގެން ކިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ އާއި އެމްއީއެސް ހިންގި އިމާރާތުގެ އެއްބަސްވުން ދެމި އޮތްނަމަ އެތަނުގައި ނައިޓް ކުލާސްތައް ހިންގައިގެން މާލޭ ހައި ޕްރައިވެޓް ލިމިޓެޑަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ އާއި އިންޓަނޭޝަނަލް ސުކޫލު ހިންގައިގެން މުސްތަޤްބަލުގައި ލިބޭނެ ކަމަށް ލަފާކުރާ ފައިސާ ހިމައިގެން ކަނޑައަޅާފައިވާ އަދަދެކެވެ.
ނަމަވެސް އޮޑިޓް ރިޕޯޓްގައި ވަނީ އެއްބަސްވުން ދެމި އޮތްނަމަ ކުންފުންޏަށް ލިބޭނެ ކަމަށް ލަފާކޮށްފައިވާ ފައިދާ ހިސާބުކޮށްފައިވަނީ އެއްބަސްވުން ދެމިއޮތްނަމަ މުސްތަޤްބަލުގައި ލިބޭނެ ފައިސާ ހިސާބުކުރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅުއްވާފައިވާ ގައިޑްލައިންތަކާއި އެއްގޮތަށް ކަމަށްވާ ނުދެކޭ ކަމަށެވެ. އެހެން ކަމުން އެ ހިސާބުތަކުގެ މައްޗަށް ބިނާކޮށް އެފަދަ ގެއްލުމުގެ ބަދަލެއް ނަގައިދިނުމަކީ އެކަށީގެންނުވާ އަދަދެއްގެ މާލީ ބަދަލެއްް ދިނުމަށް މަގުފަހިވާނެ ކަމެއް ކަމަށް ވަނީ ބުނެފަ އެވެ.