ENGLISH

10 މާރިޗު 2026

Advertisement

ކުރިއަށް އޮތީ ރާއްޖެއަށް ހޫނު ދުވަސްތަކެއް: މެޓް އޮފީސް

10 މާރިޗު 2026

|

ހަނާން އަހުމަދު ނައީމް

ބާޒާރުމަތީ މަގު. ފޮޓޯ: ޕީއެސްއެމް

އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން މަތިވެ، ރާއްޖެއަށް ކުރިއަށް އޮތީ ހޫނު ދުވަސްތަކެއް ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ، މެޓް އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، ލަފާކުރެވޭ ގޮތުން އާންމު ގޮތެއްގައި ހުންނަވަރަށް ވުރެ ފިނިހޫނުމިން އޭޕްރިލް މަހު މަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ދައްކާ ކަމަށެވެ.

މާރިޗު އަދި އޭޕްރިލް މަހަކީ އަހަރުގެ ތެރޭގައި ރާއެްޖޭގެ ސަރަހައްދަށް ހޫނުމިން އެންމެ މައްޗަށް ދާ ދުވަސްވަރެވެ. 

އެގޮތުން މިދުވަސްވަރު އުޑުމަތީގައި ވިލާތައް މަދުވެ، ވައި މަޑުވެ އަދި ވައިގެ ތެތްކަމުގެ ނިސްބަތް މަތީގައި ހިފަހައްޓައެވެ. އަދި ދުވާލުގެ ހޫނިމިން މަތިވެގެންދާ މިންވަރާއި، ރޭގަނޑުގެ ފިނިކަން ދަށްވެގެންދާވަރު މަތިވެގެންދެއެވެ. 

އެހެންވެ، މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދުވަސްތައް، ރާއްޖެއަށް ވަރަށް ހޫނުގަދަ ދުވަސްތަކަކަށް ވާނެކަމަށެވެ. އަދި އެކަމަށް ސަމާލުވުމަށް ވެސް އިލްތިމާސްކޮށްފައިވެއެވެ.

މީގެ އިތުރުން، ދުވަހުގެ ހޫނުމިން އާންމު ގޮތެއްގައި އެންމެ މައްޗަށް ދާނީ މެންދުރު ފަހު 14:00 ހާއިރުުކަމަށް އެ އޮފީހުން ބުނެފައިވެއެވެ.

ހޫނު ދުވަސްވަރުގައި ސަމާލުކަންދޭވީ ކަންތައްތަކުގެ ތެރޭގައި ހޫނު ގަދަ ވަގުތުތަކުގައި ކުޑަކުދިން ބޭރަށް ނުގެންދިއުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ކޮންމެހެން ބޭރަށް ދާންޖެހިއްޖެ ހާލަތެއްގައިވެސް ރައްކާތެރިކަމުގެ ފިޔަވަޅު އަޅާ ހޫނުގަދަ ވަގުތުގައި ބޭރުގައި އުޅޭ ވަގުތު މަދުކުރުން ވަރަށް މުހިންމު ކަމަށް މެޓް އޮފީހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު