ENGLISH

11 މާރިޗު 2026

Advertisement

ޚަލީޖު ގައުމުތަކަކީ އިސްލާމީ އުންމަތަށް ހެޔޮ ފޯރުވުމުގެ ނަމޫނާބައެއް، ރާއްޖެ އޮންނާނީ އެ ގައުމުތަކާއެކު: ޑރ.ޝަހީމް

10 މާރިޗު 2026

|

ޝިފްޒާން އަޙްމަދު

ވަޒީރު ޝަހީމުވަނީ ސައުދީ ހިމެނޭހެން ހަލީޖު ގައުމުތަކުގެ ދީލަތިކަން ފާހަގަކުރައްވާފަ

ޚަލީޖުގެ ގައުމުތަކަކީ މުޅި އިސްލާމީ އުންމަތަށް ހެޔޮ ފޯރުވުމާއި އުންމަތުގެ މައްޗަށް ދީލަތިވުމުގެ މަސްދަރުތަކެއް ކަމަށާއި، އެ ގައުމުތަކަށް ދިވެހިރާއްޖެއިން އެދެނީ އަމްނާއި ސަލާމަތަށް ކަމުގައި އިސްލާމީ ކަންތަައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ. 

އެކްސްގައި ރޭ ޝާއިއުކުރެއްވި ޕޯސްޓެއްގައި ވަޒީރު ވިދާޅުވީ ސައުދީ އަރަބިއްޔާއާއި އެކުވެރި އަރަބި އިމާރާތާއި ކުވައިތާއި ބަހުރައިނާއި އަދިވެސް ހަލީޖުގެ ހުރިހާ ދައުލަތްތަކަކީ އިސްލާމީ އުންމަތަށް ހެޔޮ ފޯރުވުމާއި ދީލަތިވުމުގެ މަސްދަރުތަކެއް ކަމަށެވެ. 

އެގޮތުން އެ ގައުމުތަކުން މުސްލިމު އުންމަތަށް ވަޒީފާއައި ތައުލީމުގެ ފުރުސަތުތައް ފަހިކޮށްދީ، އިސްލާމީ ދުނިޔޭގެ އެކި ގައުމުތަކުގެ ތަރައްގީގެ ރާސްތާގައި ވަރަށް ބޮޑަށް ހިއްސާވެ އެހީތެރިވެދީ، އަދި ސަދަގާތާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ދާއިރާގަައިވެސް ނުހަނު ދީލަތީ އެހީތައް ފޯރުކޮށްދެމުންދާކަން ޑރ.ޝަހީމު ފާހަގަކުރެއްވިއެވެ. 

އަދި ސައުދީ އަރަބިއްޔާއަކީ އިސްލާމީ އުންމަތުގައި ހާއްސަ މަގާމެއް ލިބިފައިވާ ގައުމެއްކަމަށާއި، އެ ގައުމުގައި މައްކަތުލް މުކައްރަމާއާއި މަދީނަތުލް މުނައްވަރާ އޮތުމަކީ، އިސްތިރާޖީ ގޮތުން އިސްލާމީ އުންމަތުގެ މައި މަރުކަޒަށްވެ، އުންމަތަަށް ހަމަޖެހުން ލިއްބައިދޭ މަސްދަރެއް ކަމުގައި އެ ގައުމުވަނިވި ސަބަބެއް ކަމށް ޝަހީމު ވިދާޅުވިއެވެ. 

ވަޒީރު ވިދާޅުވީ މި ބަރަކާތްތެރި ރަށްތަކާއި ބިންތައް ރަސްކާތެރިކޮށްދެއްވުމަށާއި، އެ ރަށްތަކުގެ މައްޗަށް އަމާންކަމާއި ތަނަވަސްކަން ދާއިމުކޮށްދެއްވައި، އެ ގައުމުތަކުގެ ވެރިންނާއި ރައްޔިތުންނަށް ބަރަކާތް ލައްވައި، އަބަދުވެސް އިސްލާމީ ދުނިޔެއަށް ފައިދާއާއި ހެޔޮކަމުގެ މަސްދަރުތަކެއް ކަމުގައި އެ ގައުމުތައް ލެއްވުން އެދިވަޑައިގެން މާތްﷲގެ ޙަޟްރަތުގައި ދުއާކުރައްވާ ކަމަށެވެ. 

ރާއްޖެއަކީ ދުނިޔޭގެ އެންމެ މަތީ ފަންތީގެ ފަތުރުވެރިކަމުގެ މަންޒިލެއްކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ގަތަރުގެ ދޯހާއާއި، އެމިރޭޓްސްގެ ދުބާއީ އަދި އަބޫދާބީގެ އެއާޕޯޓުތަކަކީ ރާއްޖެ ދުނިޔެއާ ގުޅުވައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ އަދި ރާއްޖެއަށް ފަތުރުވެރިން ވާސިލުވުމުގެ މަގުފަހިކޮށްދޭ އެއާޕޯޓުތަކެއް ކަމެވެ. މިވިސްނުމުން ވިސްނާއިރުވެސް އެ ގައުމުތަކުގެ އަމާންކަމާއި ހަމަޖެހުމަކީ ރާއްޖޭގެ ހަމަޖެހުމާއި، ދިވެހި ފަތުރުވެރިކަމުގެ ކުރިއެރުމާ އީޖާބީ ގުޅުމެއް އޮތް ކަންތަްތަކެއް ކަމަށެވެ. 

ޑރ.ޝަހީމު މިފަދައިން ވިދާޅުވެފައިވާއިރު އިސްރާއީލުން ބޭނުންވެގެން އެމެރިކާ އިސްވެ އޮވެ އީރާނަށް އުދުވާނީ ހަމަލާތަކެއް ދިނުމާ ގުޅީގެން އެ ގައުމުން އަންނަނީ މެދުއިރުމަތީގައި ހުރި އެމެރިކާގެ ބޭސްތަކަށް ހަމަލާ ދެމުންނެވެ. ހަލީޖުގެ ހުރިހާ ގައުމެއްގައިހެން އެމެރިކާގެ ބޭސްތައް ހުރެއެވެ. 

ކިޔުންތެރިންގެ ހިޔާލު