ENGLISH
11 މާރިޗު 2026
އިތުރު 14 ރަށަކަށް އެމްބިއުލާންސް ހަވާލުކޮށްފި
10 މާރިޗު 2026
|
ރޭ ވަނީ 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފައި. ފޮޓޯ: ސިއްހީ ވުޒާރާ
އެންމެ މަޤްބޫލު
އެމްބިއުލާންސްގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އިތުރު 14 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކޮށްފި އެވެ.
ސިއްޙީ ވުޒާރާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި މިރަށްތަކަށް އެމްބިއުލާންސްގެ ތަޅުދަނޑި ހަވާލުކޮށްދެއްވީ ސިއްހީ ވުޒާރާގެ ސްޓޭޓް މިނިސްޓަރު އަހްމަދު ޤާސިމް އެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވުން އަހުމަދު ޤާސިމްވަނީ ސަރުކާރުން ޞިއްޙީ ދާއިރާ ކުރިއެރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ކުރައްވަމުންގެންދަވާ މުހިއްމު މަސައްކަތްތައް ފާހަގަކޮށް، ޝުކުރުއަދާކުރައްވާފަ އެވެ.
ސިއްހީ ވުޒާރާއިން ބުނީ މިއަހަރު ޖެނުއަރީ މަސްތެރޭގައި ވެސް 56 ރަށަކަށް ބޭނުންވާ އެމްބިއުލާންސް ހަވާލުކުރެވިފައިވާކަމަށާއި އަދި އިތުރު އެމްބިއުލާންސް މިއަހަރުތެރޭގައި ހަވާލުކުރުމަށްވެސް ވަނީ ނިންމާފައި ވާކަމަށެެވެ.
މީގެ އިތުރުން މި ރަސްމިއްޔާތުގައި އެމްބިއުލާންސްތައް މަރާމާތުކޮށް ބެލެހެއްޓުމުގެ މަސައްކަތްކުރުމަށް މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)އެކު ވެސް ސިއްހީ ވުޒާރާއިން ވަނީ ފަހުމުނާމާއެއްގައި ސޮއިކޮށްފަ އެވެ.