ENGLISH
11 މާރިޗު 2026
އަލްއުސްތާޛާ އަލައިކާގެ ކެމްޕެއިން ކުއިޒް "އަލައިކާ އެނގޭތަ" ރަސްމީކޮށް އިފްތިތާހުކޮށްފި
10 މާރިޗު 2026
|
"އަލައިކާ އެނގޭތަ" ކުއިޒް ރަސްމީކޮށް އިފްތިތާހުކުރުމުގެ ހަރަކާތުގެ ތެރެއިން
އެންމެ މަޤްބޫލު
މާލެ ސިޓީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ ރައިސާ ކަމަށް ޕީއެންސީގެ ފަރާތުން ވާދަކުރައްވާ އަލްއުސްތާޛާ އާޝިޔަތު އަލައިކާ އަދުނާންގެ ކެމްޕެއިން ހަރަކާތްތަކުގެ ތެރެއިން "އަލައިކާ އެނގޭތަ" ކުއިޒް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.
މި ކުއިޒް އިފްތިތާހުކުރުމަށް ބޭއްވި ހާއްސަ ހަރަކާތް އޮތީ 9 މާރޗް 2026 ވީ ހޯމަ ދުވަހުގެ ރޭ 22:300 ގައި މާފަންނު ބިސްބުރު ސަރަހައްދުގައެވެ.
މި ކުއިޒަކީ މާލެ ސިޓީގެ ކައުންސިލް އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިހާބުގައި ވޯޓުލާ ފަރާތްތަކަށް ކެންޑިޑޭޓް އަލައިކާ ތައާރަފްކޮށްދިނުމަށާއި، މާލެ ސިޓީއާ މެދު އޭނާ ގެންގުޅުއްވާ ތަސައްވަރު ވީހާވެސް ގިނަ ފަރާތްތަކަށް ހާމަކޮށްދިނުމުގެ މަގްސަދުގައި ފެށި ހަރަކާތެކެވެ.
މި ކުއިޒް ކުރިއަށްގެންދަންް ހަމަޖެހިފައިވަނީ 10 މާރޗް 2026 އިން ފެށިގެން 29 މާރޗް 2026 ގެ ނިޔަލަށެވެ.
"އަލައިކާ އެނގޭތަ؟" މި ކުއިޒްގައި ކޮންމެ ދުވަހަކުވެސް އަލައިކާއާ ގުޅޭ ސުވާލެއް އާންމު ކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ސުވާލުތަކަށް ޖަވާބު ދިނުމުގެ ފުރުސަތު ކޮންމެ ދުވަހެއްގެ ރޭގަނޑު 00:00 އާ ހަމައަށް ހުޅުވާލެވިފައިވާނެއެވެ. އެގޮތުން ބައިވެރީން ޖަވާބު ފޮނުވަން ޖެހޭނީ www.alaika.mv ވެބްސައިޓް މެދުވެރިކޮށެވެ.
ކޮންމެ ދުވަހަކުވެސް ރަނގަޅު ޖަވާބު ފޮނުވާ ފަރާތްތަކުގެ މެދުގައި ގުރުއަތުލައި، ހޮވޭ ފަރާތްތަކަށް ދުވަހުގެ އިނާމު ދިނުމަށް ވަނީ ހަމަޖެހިގައެވެ. ދުވަހުގެ އިނާމު ލިބޭ ފަރާތްތައް ޖެހިގެން އަންނަ ދުވަހު ވެބްސައިޓުގައި އިއުލާންކުރާނެއެވެ.
މުޅި ކުއިޒްގެ އެންމެ ހާއްސް އިނާމެއްގެ ގޮތުގައި ހުށަހަޅާފައިވަނީ އުމްރާ ދަތުރެކެވެ. މި އިނާމު ލިބޭނީ ކުއިޒްގެ ސުވާލުތަކަށް ރަނގަޅު ޖަވާބު ފޮުނުވާފައިވާ ހުރިހާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރިއަކަށެވެ.
މި ކުއިޒްގެ މީޑިއާ ޕާޓްނަރެއްގެ ގޮތުގައި އެމް.އެމް.ޓީ.ވީ ހަރަކާތްތެރިވާއިރު، ކުއިޒްގެ އިނާމުތައް ސްޕޮންސަރ ކޮށްފައިވަނީ VAV Pvt Ltd ގެ ފަރާތުންނެވެ.